Support Us

ކްރެމްލިނަށް ދިން ޙަމަލާއަށްފަހު ޒިލެންސްކީ ނައްތައިލުން ނޫން އެހެން ޚިޔާރެއް ނެތް: މެޑްވެޑޭވް

ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން ކްރެމްލިންގައި ދިރިއުޅުއްވާ ބަޔަށް ޔުކްރޭނުން ދިން ޑްރޯން ޙަމަލާއަށް ފަހު ޔުކްރޭންގެ ރައީސް ޒިލެންސްކީއާއި އޭނާގެ އަޢުވާނުން "ފޮހެލުމަށް" ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް ގޮވައިލައްވައިފިއެވެ.

މެޑްވެޑޭވް ވިދާޅުވިއެވެ. "ޑްރޯން ޙަމަލާއަށްފަހު ރަޝިޔާއަށް ޒިލެންސްކީއާއި އޭނާގެ އަޢުވާނުން ފުހެލުން ނޫން އެހެން ޚިޔާރެއް ނެތެވެ."

މޮސްކޯއިން ތުހްމަތުކުރާ ގޮތުގައި ޑްރޯން ޙަމަލާތަކަކުން ރައީސް ޕޫޓިން އަވަހާރަކޮށްލަން ދިން ޙަމަލާއަށް ރަޝިޔާއިން އެކަށީގެންވާ ގޮތަށް އެކަށީގެންވާ ވަގުތުގައި ރައްދުދޭނެއެވެ.

ރަޝިޔާގެ ބަރްލަމާން ޑޫމާގެ ރައީސް ވޮލޮޑެން މިއަދު ވަނީ ކިޔީވްގެ ސަރުކާރު ފުނޑުފުނޑުކޮށްލާ ފަދަ ހަތިޔާރުން ކިޔީވްގެ ނިރުބަވެރި ޢަމަލަށް ރައްދުދިނުމަށް ގޮވައިލައްވައިފައެވެ. އޭނާގެ ޓެލެގަރާމުގައި ލިޔުއްވައިފައި ވެއެވެ. "މި ޙަމަލާއަށްފަހު ޔުކްރޭންގެ ރައީސް ޒިލެންސްކީއާއެކު ވާހަކަދެއްކުންތަކެއް ނުބޭއްވޭނެއެވެ."

އެކަމަކު ރައީސް ޒިލެންސްކީ ހެލްސިންކީގައި ނޫސްވެރީންނާ ބައްދަލުކުރައްވަމުން ވިދާޅުވިއެވެ. "އަހުރެމެން މޮސްކޯއަކަށް އަދި ރައީސް ޕޫޓިނަކަށް ޙަމަލާއެއް ނުދެމެވެ. އަހުރެމެން ހަނގުރާމަ ކުރަނީ އަހުރެމެންގެ ބިމުގައެވެ."

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވިއެވެ. "މަޢުލޫމާތުތަކަށް ބަލައިފީމެވެ. އެ ޚަބަރު ކަށަވަރުކޮށެއް ނުދެވޭނެއެވެ. އަހުރެމެންނަކަށް ނޭނގެއެވެ. ކްރެމްލިނުން ދެމުންގެންދާ ބަޔާންތަކަށް އަހުރެމެން މި ތިބީ ވަރަށް ސަމާލުވެގެންނެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *