Support Us

ޕޫޓިން އަވަހާރަކޮށްލަން ކްރެމްލިނަށް ޑްރޯން ޙަމަލާތަކެއް ދޭން މަސައްކަތްކޮށްފި

ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން އަވަހާރަކޮށްލެވޭތޯ ޔުކްރޭނުން ކްރެމްލިނަށް ޑްރޯން ޙަމަލާތަކެއް ދޭން މަސައްކަތްކޮށްފި ކަމަށް މޮސްކޯއިން ބުނެފިއެވެ.

ކްރެމްލިނުން އިޢުލާންކުރި ގޮތުގައި ކްރެމްލިން ގަނޑުވަރަށް ޙަމަލާދޭން އުޅުނު ދެ ޑްރޯން ރޫސީ ސިފައިންނާއި ޖާސޫސީ އިދާރާއިން ވައްޓައިލިއެވެ. މި ޙަމަލާއާ ވިދިގެން މޮސްކޯ ބުނިގޮތުގައި ޔުކްރޭންގެ މި ނިރުބަވެރި ޢަމަލަށް މޮސްކޯއިން އިޚްތިޔާރުކުރާ ވަގުތެއްގައި އިޚްތިޔާރުކުރާ ތަނެއްގައި ރައްދު ޙަމަލާދިނުމުގެ ޙައްޤު މޮސްކޯއަށް ލިބިގެންވެއެވެ.

ރޫސީ ރިޔާސަތުން ހާމަކުރި ގޮތުގައި މި ޙަމަލާދޭން އުޅުނުއިރު ރައީސް ޕޫޓިން ކްރެމްލިންގެ ޢިމާރާތްތަކުގެ ތެރެއިން ތަނެއްގައި ވަޑައިގެން ނޫޅުއްވައެވެ. ރައީސް ޕޫޓިން އޭނާގެ ރަސްމީ މަސައްކަތްތައް ކުރައްވަމުންގެންދަވަން އެ ވަގުތު ހުންނެވީ މޮސްކޯ ކައިރީގައި އޮންނަ ނޯވޯ އޮގާޔޯވޯ ސަރަޙައްދުގައެވެ.

މޮސްކޯއިން ކަށަވަރުކޮށްދިން ގޮތުގައި ޔުކްރޭންގެ މި ނިރުބަވެރި ޢަމަލަށް ރަޝިޔާއިން ރައްދުދޭނެއެވެ. ކްރެމްލިނުން ބުންޏެވެ. "އަހުރެމެން ބަލާގޮތުގައި މިއީ ނިރުބަވެރި ޢަމަލެކެވެ. މިއީ ނަޞްރު ދުވަހުގެ އިޙްތިފާލުގެ ކުރިން ރައީސް ޕޫޓިން އަވަހާރަކޮށްލުމަށް ރާވައިގެން ދިން ޙަމަލާއެކެވެ."

ނަޞްރުގެ ދުވަހަކީ މި މަހުގެ ނުވަ ވަނަ ދުވަހެވެ. މި ރަސްމިއްޔާތުގައި ބޭރުގެ އެތައް މެހެމާނުންނެއް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ކްރެމްލިނުން ބުނިގޮތުގައި ވައްޓައިލެވުނު ދެ ޑްރޯނުގެ ބައިތައް ބުރަބުރައިގެން ގޮސް ވެއްޓިފައި ވަނީ ކްރެމްލިންގެ މައިދާނަށެވެ. މި ކަމުގެ ސަބަބުން މީހަކަށް ވެސް އަދި ތަނަކަށް ވެސް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

މޮސްކޯގައި ހުންނަ ޖަޒީރާ އޮފީހުގެ ޑިރެކްޓަރ ޒާވަރު ޝޯގް ވިދާޅުވާގޮތުގައި މި ޙަމަލާދީފައިވަނީ ރަތް މައިދާން ކައިރިއަށެވެ. އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ރަޝިޔާގެ ކުއްލި ޙާލަތާ ބެހޭ ވުޒާރާ ބުނާގޮތުގައި މޮސްކޯގެ ރަށް ބޭރުން ތިންވަނަ ޑްރޯނެއް ވަނީ ފެނިފައެވެ. ރަޝިޔާގެ ތަޖްރިބާކާރުން  މިހާރުދަނީ މި ޑްރޯން ބޮން ރޫޅައި އޭގެ ބާރުކަނޑުވައިލަމުންނެވެ.

ރޭ ކްރެމްލިނަށް ޔުކްރޭނުން ދޭން އުޅުނު މި ޙަމަލާއާ ވިދިގެން ރަޝިޔާގެ ބަރްލަމާން ޑޫމާގެ މެންބަރެއް ކަމުގައިވާ ސަރްގީ މިރޮނޯވް ވިދާޅުވާގޮތުގައި މިއީ ޔުކްރޭންގެ ސިޔާސީ ބޭފުޅުން ނައްތައިލަން ގޮވައިލާ ނިރުބަވެރި ޢަމަލެކެވެ.

ނަޞްރުގެ ދުވަހުގެ ކުޅިސަމާ އޮންނާނެ

މި ޙަމަލާއާ ވިދިގެން ކްރެމްލިނުން ނެރުނު ބަޔާން ބުނާގޮތުގައި ނަޞްރު ދުވަހު ރަތް މައިދާނުގައި ބާއްވަން ހަމަޖެހިފައިވާ ޢަސްކަރީ ކުޅިސަމާ ކުރިން ހަމަޖެހިފައިވާ ގޮތަށް ކުރިއަށް ދާނެއެވެ. މިއީ 1945ގައި ނާޒީންގެ މައްޗަށް ސޮވިއެޓް ޔުނިއަން ހޯދި ކާމިޔާބު ފާހަގަކުރުމަށް ބާއްވާ  އަހަރީ ބޮޑު އިޙްތިފާލެކެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ރަސްމީ ތަރްޖަމާނު ބިސްކޯވް ވިދާޅުވާގޮތުގައި ނަޞްރު ދުވަހުގެ ޕްރޮގްރާމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ޔުކްރޭނުން ޚަބަރު ދޮގުކުރޭ

އަނެއްކޮޅުން ޔުކްރޭނުގެ ރިޔާސީ އޮފީހުން ބުނާގޮތުގައި ކްރެމްލިނަށް ދެވުނު ޑްރޯން ޙަމަލާތަކާ ޔުކްރޭނާ އެއްވެސް ގުޅުމެއްނެތެވެ.

ކްރެމްލިނަށް ދޭން މަސައްކަތް ކުރި ޙަމަލާއާ ޔުކްރޭނާ ގުޅުން އޮތްތޯ އެމެރިކާއިން ބަލާނެ ކަމަށް ވޮޝިންގްޓަނުން ބުންޏެވެ. ކްރެމްލިންގެ ޙަމަލާއާ ވިދިގެން ޔުކްރޫން ވަނީ ވަރަށް ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *