Support Us

އިސްރާއީލުން ޣައްޒާއަށް ޙަމަލާތަކެއްދީފި

އިސްރާއީލުން އިރުމަތީ ޣައްޒާއަށް އިއްޔެ ޓޭންކުން ޙަމަލާތަކެއް ދީފިއެވެ.

އިސްރާއީލު ބުނާގޮތުގައި މިއީ ޣައްޒާއިން ދިން ރޮކެޓް ޙަމަލާތަކަށް ދިން ރައްދު ޙަމަލާއެކެވެ. ފަލަސްޠީނުގެ ފިދާއި ޖަމާޢަތްތައް ބުނާގޮތުގައި މިއީ އިސްރާއީލުގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުރި ފަލަސްޠީނުގެ މުޖާހިދެއްކަމުގައިވާ ޝައިޚު ޚިޟްރު ޢަދްނާން އަވަހާރަވުމުގެ ޙާދިސާ ކުށްވެރިކޮށް ދިން ޙަމަލާއެކެވެ.

ފަލަސްޠީނުގެ ފިދާއި ޖަމާޢަތްތަކުގެ ގުޅިފައިވާ ދާއިރާއިން ބުނާގޮތުގައި މި ޖަމާޢާތްތަކުން ޣައްޒާގެ ވެށީގެތެރޭގައި ހިމެނޭ ޔަހޫދީ އާބާދީތަކަށް ރޮކެޓްތަކެއް ބުރުއްސައިލީ އިސްރާއީލުގެ ޖަލެއްގައި ހައިހޫނުކަމުގެ ހަޅުތާލެއް ކުރައްވަމުން ގެންދެވި ޝައިޚު ޚިޟްރު ޢަދްނާން އަވަހާރަވުމުންނެވެ. އޭނާ މި ހަޅުތާލު ފެށްޓެވީ އެއްވެސް ސަބަބަކާ ނުލައި އިސްރާއީލުން އޭނާ ހައްޔަރުކުރުމުންނެވެ.

ފަލަސްޠީނުގެ ފިދާއީ ޖަމާޢަތްތަކުގެ ގުޅިފައިވާ ދާއިރާ ބުނާގޮތުގައި އިސްރާއީލުގެ ޢުދްވާނުތަކަށް ރައްދުނުދެވި ދާނެކަމަށް ތައްލު އަބީބު ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ.

ފަލަސްޠީނުގެ އަސީރުންގެ ނާދީން ބުނާގޮތުގައި ޝައިޚު ޢަދްނާނު އަވަހާރަވީ ހައިހޫނުކަމުގެ ހަޅުތާލެއްގައި 87 ދުވަސް ހޭދަކުރެއްވި ފަހުންނެވެ. ފަލަސްޠީނުގެ އަސީރުންގެ ނާދީ ބުނާގޮތުގައި އިސްރާއީލުން ޝައިޚު ޢަދްނާނު އަވަހާރަކޮށްލީއެވެ. އުމުރުން 44 އަހަރުގެ ޝައިޚު ޢަދްނާނުގެ ހަށިގަނޑު އަސީރުންނާ ބެހޭ އިދާރާއާ ޙަވާލު ކުރުމަށް އެ އިދާރާއިން ރޭ ވަނީ އެދިފައެވެ.

ޣައްޒާއިން އިއްޔެ ދިން ރޮކެޓް ޙަމަލާތަކާއި އެކަމަށް ރައްދުދީ އިސްރާއީލުން ޣައްޒާއަށް ދިން ޓޭންކް ޙަމަލާތަކާ ވިދިގެން އިސްރާއީލުން ވަނީ ޣައްޒާ ވެށީގައި ހިމެނޭ ޔަހޫދީ އާބާދީތަކުގެ މީހުންނަށް ބިންގަރާސްތަކާ ކައިރީގައި ތިބުމަށް އަމުރުކޮށްފައެވެ.

އިސްރާއީލުގެ ޢަސްކަރިއްޔާ ބުނާގޮތުގައި ޣައްޒާއިން އިއްޔެ ހެނދުނު 21 ރޮކެޓް ފޮނުވައިލިއެވެ. އޭގެތެރެއިން ހަތަރު ރޮކެޓަށް ހުރަސްއަޅައި ވައްޓައިލެވުނުކަމަށް އިސްރާއީލުން ބުންޏެވެ. ސަދީރޫތު އާބާދީއަށް ވެއްޓުނު ރޮކެޓެއްގެ ސަބަބުން ޔަހޫދީ ތިން މީހަކު ޒަޚަމުވިކަމަށް އިސްރާއީލުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *