Support Us

"ކުޑަކުދިންގެ ހިޔާ" އާއި "އަމާން ހިޔާ" އުވާލައިފި

ޖެންޑަރ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ "ކުޑަކުދިންގެ ހިޔާ" އާއި "އަމާން ހިޔާ" އާއި "ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު" މިއަދު އުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިކަން އަންގަވާފައިވަނީ މިއަދު ނެރުއްވި ދެންނެވުމުގައެވެ.

މި ތަންތަން އުވާލައިފައި ވަނީ އެ ތަންތަނުން ކުރަމުން ދިޔަ މަސައްކަތްތައް ކުރުމަށް އެހެނިހެން އިންތިޒާމުތައް ހަމަޖައްސަވައިފައިވާތީ ކަމަށް ވެސް އެ ދެންނެވުމުގައި ވެއެވެ.

މީގެ އިތުރުން "އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް" މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް މިއަދުން ފެށިގެން ވަނީ އިތުރުކޮށްފައެވެ. އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރެއްވީ، މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށާއި، އިސްރަށްވެހިންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމަށާއި، އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މަރުކަޒުތައް ޤާއިމުކުރުމަށް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކުގެ މަސައްކަތްތައް

  1. މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި، އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިންތިޒާމުތައް ހަމަޖައްސައިދިނުން.
  2. އިސްރަށްވެހިންނަށް ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި ޕުރޮގުރާމުތައް ރާވައި ހިންގުން.
  3. އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށާއި ދުޅަހެޔޮ، ދޮށީ އުމުރަކަށް ތައްޔާރުވުމަށް ހޭލުންތެރިކުރުމަށާއި، ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުން.
  4. އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ފޯރުކޮށްދޭ އާންމު ޚިދުމަތްތައް ހޯދުމުގައި ބޭނުންވާ އެހީތެރިކަން އިސްރަށްވެހިންނަށް ފޯރުކޮށްދިނުން.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *