ރަޝިޔާއާ ދެކޮޅަށް ފަށަން ބޭނުންވާ އިދިކޮޅު ޙަމަލާއަށް ބޭނުންވާ ހުރިހާ އެހީއެއް ވޯޝިންގްޓަނުން ކިޔީވަށް ދީ ނިމިއްޖެ ކަމަށް ވައިޓް ހައުސްގެ ތަރްޖަމާނު ޖޯން ކަރބީ މިއަދު ހާމަކުރައްވައިފިއެވެ.
އޭނާ ވިދާޅުވިގޮތުގައި އިދިކޮޅު ޙަމަލާ ފެށުމަށް ކިޔީވުން އެދުނު ހުރިހާ ހަތިޔާރުތަކަކާއި ޢަސްކަރީ އެހީތަކުގެ 100% މިހާރު ވަނީ ކިޔީވަށް ފޯރުކޮށްދީފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެހީތައް މެދުނުކެނޑި ލިބެމުންދާނެއެވެ. އެމެރިކާ ސަރުކާރުން އެދިފައިވާ ދިފާޢީ އެހީތަކުގެ އައު ޕާރުސަލު އެމެރިކާގެ ސެނެޓުން ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށް އުންމީދުކުރާ ކަމަށް ވައިޓް ހައުސްގެ ތަރްޖަމާނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިއެވެ. "ރަޝިޔާއާ ދެކޮޅަށް ކިޔީވުން ފަށަން ބޭނުންވާ ޙަމަލާތަކާ ބެހޭގޮތުން ބޭއްވުނު ވާހަކަދެއްކުންތަކުގައި އެއްބަސްވެވުނު ހުރިހާ އެއްޗެއް ލިސްޓުގައިވާ ގޮތަށް މިހާރު ވާނީ ކިޔީވާ ޙަވާލުކޮށްފައެވެ. އެމީހުން އެދުނު އެއްޗެހީގެ 100% މިހާރު ވާނީ ކިޔީވާ ޙަވާލުކޮށްފައެވެ. ކިޔީވުން އެދުނު ކަންތައްތަކުގެ ތެރޭގައި މާއްދީ އެހީއާއި ސިފައިންގެ ތަމްރީނުތައް ވެސް ހިމެނެއެވެ."
ކަރބީ ވިދާޅުވިއެވެ. "އެހީގައި ހިމެނެނީ ހަމައެކަނި ހަތިޔާރެއް ނޫނެވެ. މީގެ އިތުރަށް އެ ހަތިޔާރު ބޭނުންކުރުމަށް ބޭނުންވާ ތަމްރީނާއި ހެވިކަން ވެސް ހިމެނެއެވެ."



advertisment