ރަޝިޔާއިން މިއަދު ހެނދުނު ކެސްޕިއަން ކަނޑުން ޔުކްރޭނަށް މިސައިލް ޙަމަލާތަކެއް ދީފި ކަމަށް ކިޔީވުން ބުނެފިއެވެ.
ޔުކްރޭން ސިފައިން ބުނާގޮތުގައި ރަޝިޔާގެ ޙަމަލާތަކުގެ އަމާޒަކަށް ވެފައިވަނީ ވެރިރަށް ކިޔީވާއި ޔުކްރޭނުގެ މުހިއްމު ސަހަރުތަކެވެ.މި ޙަމަލާތައް ދޭން ފަށައިފައިވަނީ މެންދަމު ފަހުންނެވެ. ޔުކްރޭން ބުނާގޮތުގައި ރަޝިޔާއިން ފޮނުވައިލި 23 ކްރޫޒު މިސައިލްގެ ތެރެއިން 21 މިސައިލް ވައްޓައިލިއެވެ.
ވެރިރަށް ކިޔީވުގެ ސިޓީ ކައުންސިލް ބުނާގޮތުގައި ވެރިރަށުގެ ދިފާޢުތަކުން ދެ ޑްރޯނާއި 11 ކްރޫޒު މިސައިލް ވައްޓައިލިއެވެ.
ޔުކްރޭންގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން ހަތަރު މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމުވިއެވެ.
ކިޔީވުގެ ސިޓީ ކައުންސިލުން ބުނާގޮތުގައި ރޫސީ ސިފައިން ތަފާތު ބާވަތުގެ ހަތިޔާރު ބޭނުންކޮށްގެން ކިޔީވް ސަރަޙައްދަށް ތަފާތު ބާވަތްތަކުގެ 60 ޙަމަލާ މިއަދު ހެނދުނު ދިނެވެ.
ޔުކްރޭންގެ މެދުތެރޭ ސަރަޙައްދެއް ކަމުގައި ޑްނިޕްރޯގެ ސިޓީ ކައުންސިލް ބުނާގޮތުގައި އެ ސަރަޙައްދަށް ރަޝިޔާއިން ދިން ޙަމަލާތަކުގެ ސަބަބުން ޒުވާން އަންހެނަކާއި ތިން އަހަރުގެ ކުޑަ ކުއްޖަކު މަރުވިއެވެ.
މީގެ އިތުރަށް ކިޔީވުން ބުނާގޮތުގައި ޔުކްރޭންގެ މެދުތެރޭ ސަހަރެއް ކަމުގައިވާ އޯމަންގައި މީހުން ދިރިއުޅޭ ޢިމާރާތަކަށް ރަޝިޔާއިން ޙަމަލާދިނުމުގެ ސަބަބުން އެ ޢިމާރާތުގައި ރޯވެ އަނދަމުން އެބަދެއެވެ.
ޖަޒީރާއާއި އެހެނިހެން ނޫސް އޭޖެންސީތައް ބުނާގޮތުގައި ރަޝިޔާގެ ޙަމަލާތަކާ ވިދިގެން ކިޔީވް ސަރަޙައްދުގައި އިންޒާރުގެ ކަށިގަނޑުތައް އެޅިގެންދިޔައެވެ. ޔުކްރޭންގެ އިންޓަރފެކްސް ނޫސްއޭޖެންސީ ބުނާގޮތުގައި ޔުކްރޭންގެ މެދުތެރޭގެ ބައެއް ސަހަރުތަކާއި ދެކުނު ސަރަޙައްދުގައި ހިމެނޭ މިކޮލައިވް ގައި ދަނީ ބާރުގަދަ އެއްޗެހިތައް ގޮވަމުންނެވެ. އަދި ބައެއް ޢިމާރާތްތަކުގައި ވަނީ ރޯވެފައެވެ.



advertisment