Support Us

ޚަރސޫންގައި ޔުކްރޭން ސިފައިން އިދިކޮޅު ވަރުގަދަ ޙަމަލާއެއް ފަށައިފި

ޔުކްރޭން ސިފައިން ޚަރްސޫން ސަރަޙައްދުގެ ޑްނިޕްރޯ ކޯރުގެ އިރުމަތީ އައްސޭރީގެ އިސް މައިދާން ސާފުކުރުމުގެ މަސައްކަތް ފަށައިފިކަމަށް ޔުކްރޭން ލަޝްކަރުގެ ދެކުނު ފައުޖުތަކާބެހޭ އިސްވާރިއްޔަތުގެ ތަރްޖަމާނު ނަޓާލިޔާ ހޮމިނިޔޫކް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ޔުކްރޭން ސިފައިން ވަނީ ރޫސީ ސިފައިން ތިބި ތަންތަނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ޚަބަރުތައް ޝާއިޢުނުކޮށް ޙަމަލާތައް ކުރިއަށް މި ގެންދަނީ ސަލާމަތީ ކަންތައްތަކަށް ޓަކައެވެ.

ތަރްޖަމާނު ވިދާޅުވިގޮތުގައި މިސައިލް ނިޒާމުތައް ބޭނުންކޮށްގެން ދެމުންގެންދާ މި ޙަމަލާތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް އެބަދެއެވެ. ހަނގުރާމަޔާ ބެހޭ ދިރާސާތައް ކުރާ އެމެރިކާގެ މަރްކަޒެއް ބުނާގޮތުގައި ޔުކްރޭން ސިފައިން ވަނީ ޑްނިޕްރޯ ކޯރު ހުރަސްކޮށް އިރުމަތީ އައްސޭރިއަށް އަރައި ރޫސީ ސިފައިން އަތުން އެ ސަރަޙައްދު ހިފައިފައެވެ. އެހެނަސް ރަޝިޔާއަށް ތަބާވާ އެ ސަރަޙައްދުގެ ގަވަރުނަރު މި ޚަބަރު ދޮގުކުރެއްވިއެވެ. މި ކޯރުގެ ހުޅަނގު އައްސޭރީގައި ތިބި ރޫސީ ސިފައިން މި ހުސްވި ނޮވެންބަރު މަހު ވަނީ ފައިބާ އެ ސަރަޙައްދު ޚަރސޫންގެ ރޫސީ އިދާރިއްޔަތާ ޙަވާލުކޮށްފައެވެ.

ޑޮންބާސް ހަނގުރާމަ

ޔުކްރޭންގެ އިރުމަތީ ސަރަޙައްދެއްކަމުގައިވާ ޑޮންބާސް މައިދާނަށް ބަލާއިރު ޔުކްރޭނުން ބުނާގޮތުގައި ރޫސީ ސިފައިން ދަނީ ޑޮނެސްޓްކް ސަރަހައްދުގެ ބަޚްމޫތަށާއި އެވްޑީވްކާއަށާއި މިރިޔަންކާ ފަދަ ރަށްރަށަށް ޙަމަލާ ދެމުންނެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ބަޚްމޫތުގެ ހުޅަނގުގައި ރޫސީ ސިފައިން ދަނީ އިތުރު އަވަށްތައް ހިފަމުންނެވެ.

އަނެއްކޮޅުން ޔުކްރޭނުގެ ރައީސް ޒިލެންސްކީ މިއަދު ހާމަކުރެއްވިގޮތުގައި ރޫސީ ސިފައިން ޚާރކީވް ސަރަޙައްދުގެ ކޮބިޔަންސްކް ސަހަރުގެ މެދުތެރެއަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާގެ ސަބަބުން އެކަކު މަރުވެ 10 މީހަކު ޒަޚަމުވިއެވެ. މި ޙަމަލާގެ ސަބަބުން ވެއްޓުނު ދާރުލްއަސާރުގައި އެތައް ބަޔަކު ވަޅުލެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *