Support Us

ސޫދާނުގެ ހަނގުރާމަ ނިންމަން ސަލާމަތީ މަޖިލީހުގެ މެންބަރުންގެ ނުފޫޒު ބޭނުންކުރަންޖެހޭ: ޣުޓަރެޝް

ސޫދާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި ދީމުޤްރާޠީ މަގަށް ސުދާނު އަލުން މިސްރާބުކުރުވުމަށް ޓަކައި ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކުން އެ ޤައުމުތަކުގެ ބާރާއި ނުފޫޒުގެ ބޭނުން ކުރުމަށް އދ ގެ އަމީން ޢާންމު އެންޓޯނިޔޯ ޣުޓަރެޝް މިއަދު ގޮވައިލައްވައިފިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އދ އިން ސޫދާނު ދޫކޮށެއް ނުލާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ސޫދާނުގައި އދގެ މިޝަންގެ ބޭފުޅުން ސޫދާނުގެ ރައްޔިތުންނަށް އެހީވުމަށް ޓަކައި މަސައްކަތް ކުރިއަށް ގެންދާނެއެވެ. 

ޣުޓަރެޝް ވިދާޅުވި ގޮތުގައި އޭނާ ގެންދަވަނީ ސޫދާނުގެ ސިފައިންގެ ވެރިޔާ އަލްބްރްހާނާއި ފެތުރިގަތުން އަވަސް  ބާރުތަކުގެ ވެރިޔާ ޙަމީދަތީއާ ގުޅުއްވަމުންނެވެ. ސޫދާން ހަމަހިމޭން ކުރުވުމަށް އޭނާ އެ ދެބޭފުޅުންނަށް ގޮވައިލެއްވި ކަމަށް ވިދާޅުވިއެވެ. ވާހަކަދައްކައިގެން މަސްއަލަ ޙައްލު ކުރުމަށް ޓަކައި މޭޒުދޮށަށް ވަޑައިގަތުމަށް އޭނާ އެ ދެބޭފުޅުންނަށް ގޮވައިލެއްވިއެވެ. އޭނާ ދެންނެވިގޮތުގައި ސޫދާނުގައި ހިނގަމުންދާ ހަރުކަށި ޢަމަލުތައް  ކާރިސާއަކަށް ވެދާނެއެވެ. ސޫދާނުގެ ހަނގުރާމައިގެ ސަބަބުން މުޅި ސަރަޙައްދަށް  ބޮޑެތި ގެއްލުންތަކެއް  ލިބިދާނެކަމުގެ ބިރު ބޮޑުވަމުންދާކަމަށް ޣުޓަރެޝް ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *