ސުވޭސް ކެނެލް ހުރަސްކުރި ބޯޓުގެ ޢަދަދު މިއަދު އައު ރެކޯޑެއް ޤާއިމުކޮށްފި އެވެ.
ކެނެލާބެހޭ އިދާރާގެ ރައީސް ޖެނެރަލް އުސާމާ ރަބީޢު ހާމަކުރެއްވި ގޮތުގައި ކެނެލްގެ ދެކޮޅަށް މަޑުކުރުމެއްނެތި މިއަދު ޖުމްލަ 95 ބޯޓު ދަތުރުކުރިއެވެ. މިބޯޓުތަކުގެ ޖުމްލަ ބަރުދަނަކީ 5.6 މިލިއަން ޓަނެވެ.
ރަބީޢު ވިދާޅުވި ގޮތުގައި މިއަދު ކެނެލެއްގެ އުތުރަށް 43 ބޯޓު ދެކުނަށް 52 ބޯޓު ދަތުރުކުރިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ މިސްރުގެ ރައީސް ސީސީ ފަށްޓަވައިފައިވާ ކެނެލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސަބަބުން ޤާއިމުކުރެވުނު ރެކޯޑެކެވެ. މި މަޝްރޫޢުގެ ސަބަބުން ކެނެލުން ދެ ކޮޅަށް އެއް ވަގުތުގައި ދަތުރުކުރެވޭ ބޯޓުފަހަރުގެ ޢަދަދަށް ހަޔަކަށް އިތުރުވެގެންދާނެއެވެ. މި ކަމުގެ ސަބަބުން ސުވޭސް ކެނެލަށް ލިބޭ އާމްދަނީއަށް 28% އިތުރުވެގެން ދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



advertisment