Support Us

ޗީފް އިންޓަރނަލް އޮޑިޓަރު، ނިއުސްޓަރ ފާޠިމަތު ޞަލާޙާ

ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ޞަލާޙާ

ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ހއ. ފިއްލަދޫ، ނިއުސްޓަރ ފާޠިމަތު ޞަލާޙާ ޢައްޔަން ކުރައްވައިފިއެވެ.

މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މި މަގާމަށް، މިނިސްޓަރުގެ ނައިބުންގެ ފެންވަރުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޞަލާޙާ އައްޔަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

ޞަލާޙާ މި އަހަރު ވަނީ ޗާޓަރޑް ސެޓްފައިޑް އެކައުންޓެންޓު އޮފް މޯލްޑިވްސްގެ މެންބަރަކަށްވެފައި ކަމަށާއި އަދި 2014 ވަނަ އަހަރުން ފެށިގެން އޭނާ އަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓްފިކެޓްޑް އެކައުންޓެންޓްސްގެ މެންބަރެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ސަލާހާ ފުރުއްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަޤާމެވެ. މީގެ ކުރިން އޭނާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގައި މެނޭޖަރ، ފައިނޭންސް އެންޑް އެކައުންޓްސް މަޤާމުވެސް އަދާކުރައްވާފައެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައިވެސް ޞަލާޙާ ވަނީ މެނޭޖަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަޤާމު އަދާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *