Support Us

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށް އެދިވަޑައިގެންފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށާއި މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުގެ އެދި އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ވެސް މަސައްކަތްކޮށްދެއްވުމަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމު އެދިވަޑައިގެންފިއެވެ.

ނައިބު ނައީސް އެގޮތަށް އެދިވަޑައިގަތީ ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކޮށްގެން ބޭއްވި "ފަހިރާސްތާ" ހޭލުންތެރިކުރުމުގެ ޕުރޮގުރާމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވަނީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އަނބިދަރިންނާއި އަދި ސްކޫލު ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ވެސް މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް މި ސެޝަންގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. ރާއްޖޭގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތަކުގެ ޢަދަދު ގިނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ވެހިކަލް ދުއްވާ ކޮންމެ ފަރާތަކުންވެސް ތިމާގެ އިހުމާލުން ތިމާއަށް ނުވަތަ އަނެކާއަށް ގެއްލުމެއް ނުލިބޭގޮތަށް ވިސްނައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ފަރުވާތެރިވެ އިތުރު ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

މިއަދު ބޭއްވި މި ސެޝަނަކީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް އަމާޒުކޮށް ބޭއްވި ސެޝަނެކެވެ. މި ސެޝަނުގައި، އެކްސިޑެންޓްތައް ހިނގާ މައިގަނޑު ސަބަބުތަކާއި މާލެ ސަރަޙައްދުގައި ހިނގާފައިވާ ބައެއް އެކްސިޑެންޓްތައް ހިނގާފައިވާ ސަރަޙައްދުތަކާ އަދި ތަފާސް ހިސާބު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *