Support Us

ސީރިޔާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި

ސީރިޔާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި އެވެ.

އިޒްރޭލެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވައިގެ މަގުން ދިން އެ ހަމަލާއަކީ މިދިޔަ އާދީއްތަ ދުވަހު ސީރިޔާގެ ބަޔަކު އިޒްރޭލް ސިފައިންނަށް އަމާޒުކޮށް ބޮމުގެ ހަމާލެއް ދިނުމަށް މަސައްކަތް ކޮށްފައިވާތީ، ބަދަލުގައި ދީފައިވާ ހަމަލާއެއް ކަމަށެވެ.

އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސް ކައިރީގައި ސީރިޔާގެ ހަތަރު މީހަކު ބޮންތަކެއް ވަޅުލަނިކޮށް އެ މީހުންނަށް ހަމަލާދީ މަރާލާފައިވާ ކަމަށް މިދިޔަ އާދީއްތަ ދުވަހު އައިޑީއެފް އިން ވަނީ ބުނެފަ އެވެ. އަދި އެ ހާދިސާގެ ވީޑިއޯއެއް ވެސް އެޤައުމުގެ އަސްކަރިއްޔާއިން ވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް މި ބޮންތައް ވަޅުލުމުގައި ހަރަކާތްތެރިވެފައި ވަނީ ކޮން ބައެއް ކަމެއް ވީޑިއޯއިން ސާފެއް ނުވެ އެވެ. އެ ހަތަރު މީހުންނަކީ ކޮން ޖަމާޢަތެއްގެ ބައެއް ކަން ހޯދިފައި ނުވި ނަމަވެސް ސީރިޔާގެ ސަރުކާރުން ކުށްވެރި ކުރާ ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން އިއްޔެ ދިން ވައިގެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމެއް ރިޕޯޓު ކުރެވިފައި ނުވި ނަމަވެސް ސީރިޔާގެ ސްޓޭޓް މީޑިއާއިން ބުނި ގޮތުގައި ވެރިރަށް ދިމިޝްގުގައި ހުރި އަސްކަރީ މަރުކަޒަށް އިޒްރޭލުން ދީފައިވާ ހަމަލާގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މީގެ ދެ ހަފްތާ ކުރިން އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ހިޒްބުއްލާ ހަނގުރާމަވެރިއެއް މަރުވުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި މައްސަލަ އިތުރަށް ހޫނުވެ، ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *