Support Us

ލުހެއިމް މުހައްމަދު އިސްމާއިލް (ވ) ޕައިލެޓް ޓްރޭނިންގައި ފިލިޕީންސްގައި

ފިލިޕީންސްގައި ޕައިލެޓް ޓްރޭނިން ހަދަމުން އަންނަ ފުވައްމުލަކު ޒުވާނަކު އެކްސިޑެންޓުވެ އައި.ސީ.ޔޫގައި

ފިލިޕީންސްގައި ޕައިލެޓް ޓްރޭނިން ހަދަމުން އަންނަ ފުވައްމުލަކު ސިޓީގެ ޒުވާނަކު ސައިކަލް އެކްސިޑެންޓެއްގައި ދެފައި ބިނދި ބޮލަށް އަނިޔާވެ އައި.ސީ.ޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އުމުރުން 21 އަހަރުގެ ލުހެއިމް މުހައްމަދު އިސްމާއިލް އެކްސިޑެންޓްވީ ރޭ އިރާކޮޅު އޭނާ ދުއްވާފައި ދިޔަ ސައިކަލެއްގައި، ބާރު ސްޕީޑުގައި ދިޔަ އެހެން ސައިކަލެއް ޖެހި ވިއްސައިގެން ގޮސް ދަގަނޑެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

"ސީރިއަސް ކަމެއް ހުރިތޯ ބެލުމަށް ސްކޭންތައް ހަދައި ޓެސްޓްތައް ހަދަމުން އަންނަނީ،" ލުހެއިމްގެ ބައްޕަ، މުހައްމަދު އިސްމާއިލް "އަދިވެސް" އާ ވާހަކަ ދައްކަވަމުން މިރޭ ވިދާޅުވިއެވެ.

"އެތާ އުޅޭއިރު އެ ކުދިން ގެންގުޅޭ ސައިކަލް. ލުހެއިމްވެސް ރޭ އިރާކޮޅު ތަނަކަށް ގޮސްފައި ގެއަށް އައި މަގުމަތީގައި އެހެން ސައިކަލެއްގައި ޖެހިފައި، ދެ ފައިގެ ވެސް ކަކުލުން ތިރި ބިނދި ބޮލަށް ވެސް އަނިޔާވެފައި ވަނީ. ސީރިއަސް ކަމެއް ހުރިތޯ ބެލުމަށް ސީ.ޓީ ސްކޭނާއި އެހެނިހެން ޓެސްޓްތައް ހަދަމުން ދަނީ. އަދިވެސް ހޭނާރާ،" މިވަގުތު މާލޭގައި ހުންނެވި ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރެއް ކަމުގައިވާ މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. "އަޅުގަނޑުމެން ވެސް މާދަމާ (އާދިއްތަ ދުވަހު) އެކޮޅަށް ދާން މި މަސައްކަތްކުރަނީ. އަޅުގަނޑުމެންގެ ދެ ގްރޫޕެއް މިހާރު ފުރައިގެން ހިނގައްޖެ. އެއް ބަޔަކު ތިބީ ސިންގަޕޫރުގައި."

ފިލިޕީންސްގެ އެއާރވޯކްސް އޭވިއޭޝަން އެކަޑަމީގައި ތަމްރީނު ހަދަމުން އަންނަ ލުހެއިމް ހުސްވި މާޗު 22 ގައި ވަނީ ޕައިލެޓް ސޯލޯ ފްލައިޓް (އެކަނި ފްލައިޓު) ދުއްވައިފައެވެ. އެ ފްލައިޓަށްފަހު ޓްރޭނަރާއެކު ނަގައިފައިވާ ފޮޓޯއެއް އެފް.ބީގައި ވަނީ ޕޯސްޓްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *