...

Support Us

އެޑްވަޓޯރިއަލް

އަރބަންކޯ: ހުޅުމާލެއިން ފެށި ދަތުރު ތިލަފުށިން، ގުޅީފަޅުން، ކުޑަގިރިން މުޅި ރާއްޖެއަށް

މާލޭ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާއެކު 2001 ވަނަ އަހަރު ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓަކުން ފެށި މަސައްކަތައް މިއަދަށް މިވަނީ 22 އަހަރު ވެފައެވެ. ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓުގެ ނަމުގައި މަދު މުވައްޒަފުން ކޮޅަކާ އެކު ފެށުނު މި މަސައްކަތް ފުޅާވެ އޭރު ދެކެމުން އައި ހުވަފެންތައް ހަޤީގަތަކަށް ހެދުމަށް މިއަދުގެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ނުވަތަ އެޗް.ޑީ.ސީން މަސައްކަތްތައް ބަށްޓަން ކުރެވި ރޭވުންތެރިކަމާ އެކު ކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު އެއް އެސް.އޯ.އީގެ ގޮތުގައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ވެގެން ދިއައީ ކުންފުނި އައު މިސްރާބަކަށް ހުންގާނު އަނބުރާލުމަށް ކެނޑުނު ފުރަތަމަ ގިޔަރަށެވެ. ހުޅުމާލެ އަކީ ޒަމާނީ ވަސީލަތްތަކާ އެކު އާއްމުންނަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ލިބޭ ތަނަކަށް ހެދުމަށް ކުރެވެމުން އައި މަސައްކަތްތަކަށް އިތުރު ބޮޅުތަކެއް އިތުރުވެގެން ދިއަ އަހަރަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ކުންފުނީގެ މެންޑޭޓުން އިޖްތިމާޢީ ބޯހިޔާވަހިކަން ނަގާ، ކުންފުނީގެ ހުރި ތަޖުރިބާ އާއި ހުނަރުވެރި މުވައްޒަފުންގެ ފުރިހަމަ ބޭނުން ރާއްޖޭގެ ތަރައްޤީއަށް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތަށް ކުންފުނީގެ މެންޑޭޓް ބަދަލު ކުރެވިގެން ދިއައެވެ. ތިލަފުށި އަދި ގުޅީފަޅުގެ ޒިންމާތަކާއި މި ދެ ރަށް ތަރައްޤީ ކުރުމުގެ މަސްޢޫލިއަތާއި ކުންފުނިން ހަވާލުވީ އާ އުއްމީދަކާއި އަޒުމެއްގައެވެ. ބާވީސް އަހަރުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ އިޤްތިސާދީ މައި ސަރަހައްދު، ގްރޭޓާރ މާލޭ ރީޖަން ޕަލޭންތަކާ އެއްގޮތަށް ރޭވުންތެރި، ޒަމާނީ ފެންވަރެއްގައި ތަރައްޤީ ކުރުމަށެވެ.

މިއަދު ކުންފުންޏަށް 22 އަހަރުވެގެން ދާއިރު، ބަދަލުތަކެއް ގެނެސް، ކުންފުނީގެ މެނޭޖްމަންޓުން އަދި ހުރިހާ މުވައްޒަފުންގެ އަމާޒު މުޅިން އައު ހަރުފަތަކަށް ގެންދިއުމަށް މިވަނީ ބޭނުން ޖެހިފައެވެ. ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާރބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަޤަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުމަށް ކުންފުނީގެ ބްރޭންޑް "އަރބަންކޯ" މިއަދު ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. ކުންފުނީގެ އަމާޒަކީ މިހާރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ސަރުކާރުގެ ވިސްނުމާ އެއްގޮތަށް، ކައުންސިލްތަކާ ގުޅިގެން ގެނެވެން ހުރި ތަރައްޤީގެ މަސައްކަތްތައް ބަލާ، ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުމެވެ.

އަރބަންކޯގެ ކުޑައިގެ ހިޔަލުގައި ހުޅުމާލެ އެކަނި އޮތުން ބަދަލުކޮށް، ބިޔޯންޑް ހުޅުމާލޭގެ ވިސްނުމާ އެކު ތަޢާރަފު ކުރުވުނު އަރބަންކޯ ބްރޭންޑިންގް ވެގެން ދާނީ މިހާރު ކުންފުނިން ދޭ ޙިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށެވެ. އަދި ކުންފުނީގެ ބްރޭންޑް ލޯގޯ އިފްތިތާޙް ކުރެވިފައި ވާއިރު، ބްރޭންޑުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަޤީގަތަކަށް ހަދާ ދޭނެ ބައިވެރިއަކީ އަރބަންކޯ ކަމުގައެވެ. މީގެ އިތުރުން، ކުންފުނީގެ އާ މޮބައިލް އެޕްލިކޭޝަން، އަރބަންކޯ އެޕް ވަނީ މިއަދު ލޯންޗްކޮށްފައެވެ. މިހާރު ކުންފުނިން ދޭ ހުރިހާ ހިދުމަތެއް ފަސޭހަކަމާ އެކު އެއްތަނަކުން ހޯދޭނެ މަގު މި އެޕްލިކޭޝަން މެދުވެރިކޮށް ފަހިވެގެންދާނެއެވެ.

ހުޅުމާލެއިން ފެށި މި ބިޔަ، ބޮޑު ދަތުރު، ގިނަ ގޮންޖެހުންތަކާ ކުރިމަތިލާ މިއަދު މިވަނީ މުޅި ރާއްޖެ ވެސް މި ދަތުރުގެ ބައިވެރިއަކަށް ހެދުމަށް ފެށިފައެވެ. ޒަމާނީ ތަރައްޤީ އާއި ރައްޔިތުންގެ ހިތްހަމަޖެހުމަށް މަސައްކަތް ކުރުމަކީ އަރބަންކޯގެ އަމާޒެވެ. އަދި މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ، ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނެ ގޮތްތައް އިސްކޮށްގެނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.