އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ކޭޝް ކާޑު ވަގަށް ނަގައިގެން ފަސް ހާސް ރުފިޔާގެ ވިޔަފާރިކުރި މީހަކު ފުލުހުން އަތުލައިގަނެ ހައްޔަރުކޮށްފިއެވެ.
ފުލުުހުން ބުނީ ފަތުރުވެރިޔާގެ ކޭޝް ކާޑު ނެގީ ދަބަސް ވަގަށް ނަގައިގެން ދިއުމަށްފަހު ކަމަށެވެ. މި މައްސަލައިގައި 42 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ މިއަދު އެ މައްސަލަ ރިޕޯޓުކުރުމާއެކު ފުލުހުންގެ ސީސީޓީވީ ފުޓޭޖުބަލައި މީހާ ދެނެގަތުމަށްފަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.
"ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން 5،000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވާއިރު އެ ތަކެތި ފުލުހުން ވަނީ ހޯދައިފައެވެ. ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.