Support Us

ފުވައްމުލައް ސިޓީގެ ނޫސްވެރިކަމުގެ ކޯސް ނިންމުމުގެ ހަފުލާގެ ތެރެއިން.. -ފޮޓޯ: ފަހުދު

ފުވައްމުލަކުގެ ނޫސްވެރިކަމުގެ ކޯސް ފުރިހަމަކުރި 26 ދަރިވަރުންނަށް ހަނދާނީ ލިއުން ދީފި

ފުވައްމުލައް ސިޓީގައި ބޭއްވި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަކުރި 26 ދަރިވަރުންނަށް ހަނދާނީ ލިއުން ދީފިއެވެ.

ޝަހީބު މީޑިއާ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މި މަހުގެ 9-13 އަށް ބޭއްވި 18 ގަޑިއިރުގެ "ނޫސްވެރިކަމުގެ ތަމްރީނު ކޯސް" ނިންމި ދަރިވަރުންނަށް ހަނދާނީ ލިއުން ބައްސަވައިދެއްވި ރޭ ބޭއްވި ހަފުލާއެއްގައި ފުވައްމުލަކު މޭޔަރ އިސްމާއިލް ރަފީގެވެ. ރޭގެ ހަފުލާގައި ޑެޕިއުޓީ މޭޔަރ މުހައްމަދު ފިކުރީގެ އިތުރުން ބައެއް ކައުންސިލަރުންނާއި ބައެއް މުވައްސަސާތަކުގެ ވެރިން ވެސް ބައިވެރިވަޑައިގަތެވެ. އަދި ކޯހުގެ އިންސްޓްރަކްޓަރެއް ކަމުގައިވާ "އަދަދު އޮންލައިން"ގެ ޗީފް އެޑިޓަރ ހުސެއިން ފިޔާޒު މޫސާ ވެސް ބައިވެރިވެވަޑައިގަތެވެ.

ފުވައްމުލައް ސިޓީގެ ނޫސްވެރިކަމުގެ ކޯސް ނިންމުމުގެ ހަފުލާގެ ތެރެއިން.. -ފޮޓޯ: ފަހުދު
މި ކޯހުގައި ކިޔަވައިދެއްވީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ވަރަށް ތަޖުރިބާކާރު ތިން ބޭފުޅެކެވެ. އެއީ "ޝަހީބު މީޑިއާ"ގެ ރައީސް އަދި ސީއީއޯ މުހައްމަދު ޝަހީބުގެ އިތުރުން "ވަން އޮންލައިން"ގެ ސީއީއޯ އަދި އެޑިޓަރު ސިނާނު އަލީ އާއި "އަދަދު އޮންލައިން"ގެ އެޑިޓަރ ހުސެއިން ފިޔާޒު މޫސާ އެވެ.
ފުވައްމުލައް ސިޓީގެ ނޫސްވެރިކަމުގެ ކޯސް ނިންމުމުގެ ހަފުލާގެ ތެރެއިން.. -ފޮޓޯ: ފަހުދު
ރޭގެ ހަފުލާގައި މޭޔަރ އިސްމާއިލް ރަފީގު ދެއްކެވި ވާހަކައިގައި، ދިވެހި ނޫސްވެރިކަމާއި ފުވައްމުލަކާ ގުޅިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކޯހުގެ ބައިވެރިން އިސް ނަގައިގެން ފުވައްމުލަކުގައި އަލުން އޮންލައިން ނޫސްތަކެއް ވުޖޫދުކޮށް، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ކައުންސިލާއި އެހެނިހެން މުވައްސަސާތައް ޖަވާބުދާރީކުރުވުމުގެ މަސައްކަތް ފެށުމަށް ގޮވައިލެއްވިއެވެ. އަދި ނޫސްވެރިކަން ކުރިއަރުވައި ތަރައްގީކުރުމަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގެ ނޫސްވެރިކަމުގެ ކޯސް ނިންމުމުގެ ހަފުލާގެ ތެރެއިން.. -ފޮޓޯ: ފަހުދު

ރޭގެ ހަފުލާގައި ޝަހީބު ދެއްކެވި ވާހަކައިގައި ރާއްޖެ މިއަދު މި ދެކޭ ނޫސްވެރިކަމުގެ ބައްޕައަކީ ފުވައްމުލަކަށް އުފަން، ފުވައްމުލަކުގެ ދަރިއެއް ކަމަށްވާ، ހަވީރު ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިންކަން ފާހަގަ ކުރައްވައި، އެ މަނިކުފާނަކީ ޝަހީބުގެ ނޫސްވެރިކަމުގެ ބައްޕަ ކަމުގައިކަން ވެސް ފާހަގަކުރެއްވިއެވެ. އަދި މޮޅެތި ލިއުންތައް ލިއުއްވުމަށް ޝަހީބަށް އެންމެ ބޮޑަށް އެހީތެރިވެދެއްވައި މަގު ދައްކަވައިދެއްވި ބޭފުޅަކީ ވެސް، އަދި ރާއްޖޭގެ މީޑިއާއަށް ހަވީރު ނޫހުން ގެނައި ޓެކްނޮލޮޖީގެ އިންގިލާބުގެ މޭސްތިރިއަކީ ވެސް ފުވައްމުލަކަށް އުފަން، ފުވައްމުލަކުގެ ދަރިއެއް ކަމަށްވާ ޑރ. އަލީ ރަފީގުކަން ފާހަގަކުރެއްވިއެވެ. އަދި މޭޔަރ އިސްމާއިލް ރަފީގަކީ ޑރ. އަލީ ރަފީގުގެ ކޮއްކޮކަން ފާހަގަކުރައްވައި، ފުވައްމުލަކުގައި ނޫސްވެރިކަމުގެ ދަންމަރު އަލުން ދިއްލެވުމަށް އިސްމާއީލް ރަފީގު ކުރައްވާ މަސައްކަތަށް ތައުރީފު ކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ ނޫސްވެރިކަމުގެ ކޯސް ނިންމުމުގެ ހަފުލާގެ ތެރެއިން.. -ފޮޓޯ: ފަހުދު
އަދި ނޫސްވެރިކަމުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރުން ކިޔަވައިދެއްވި ކޯހެއްގައި ފުވައްމުލަކުގެ ޒުވާނުންނާއި އެކިއެކި މުވައްސަސާތަކުގެ މުވައްޒަފުންނަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ތަނަވަސްވެގެންދިޔައީ ސިޓީ ކައުންސިލްގެ އިތުރުން ސްޓެލްކޯ އާއި އެސް.ޓީ.އޯގެ އެހީތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވެ އެ ހުރިހައި ފަރާތްތަކަކަށް ޝަހީބު ޝުކުރު އަދާކުރެއްވިއެވެ.
ފުވައްމުލައް ސިޓީގެ ނޫސްވެރިކަމުގެ ކޯސް ނިންމުމުގެ ހަފުލާގެ ތެރެއިން.. -ފޮޓޯ: ފަހުދު
މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އާ ނޫސްވެރިން އުފައްދައި ތަމްރީނުކުރުމުގެ ގޮތުން "ޝަހީބު މީޑިއާ" އިން ކުރިއަށްގެންދާ "ކާމިޔާބު ނޫސްވެރިޔާ" ޕްރޮޖެކްޓުގެ ފުރަތަމަ ކޯހެވެ. މި ކޯހަކީ ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ކުރަން ބޭނުންވާ ޒުވާނުންނަށާއި ނޫސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހިންގާ ޕްރޮގްރާމެކެވެ. މި ކޯހުގެ އަމާޒަކީ އަތޮޅުތަކުގައި ތިބި ޒުވާނުން ވަޒީފާ ހޯދަން މާލެ ނައިސް، އަމިއްލަ ރަށުގައި ތިބެގެން ޚަބަރާއި މައުލޫމާތު ފެތުރުމަށް ނިއުސް ވެބްސައިޓް އުފައްދައި، ހިންގައި، ނޫސްވެރިކަމުން ނަފާ ހޯދުމާއެކު ވަޒީފާގެ ފުރުސަތުތައް އުފައްދައި ޒުވާނުން ބާރުވެރިކުރުވުމެވެ.
ފުވައްމުލައް ސިޓީގެ ނޫސްވެރިކަމުގެ ކޯސް ނިންމުމުގެ ހަފުލާގެ ތެރެއިން.. -ފޮޓޯ: ފަހުދު

ޝަހީބު މީޑިއާއަކީ ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދީ ކުރިއަރުވައިދޭނެ ޒިންމާދާރު ނޫސްވެރީން ތަމްރީނުކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖުކުރުމާއި މީޑިއާ މާކެޓިން އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި 2010 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، ރާއްޖޭގެ ނޫސްވެރިކަމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ މުހައްމަދު ޝަހީބު ހިންގަވާ "މީޑިއާ ހައުސް" އެެކެވެ. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ނޫސްވެރިން ތަމްރީނުކުރައްވައިފައި ވަނީ ވެސް ޝަހީބެވެ.

ފުވައްމުލައް ސިޓީގެ ނޫސްވެރިކަމުގެ ކޯސް ނިންމުމުގެ ހަފުލާގެ ތެރެއިން.. -ފޮޓޯ: ފަހުދު

ޝަހީބު މީޑިއާއިން އިންތިޒާމްކުރި ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފައެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފައެވެ.

ފުވައްމުލައް ސިޓީގެ ނޫސްވެރިކަމުގެ ކޯސް ނިންމުމުގެ ހަފުލާގެ ތެރެއިން.. -ފޮޓޯ: ފަހުދު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *