07:55
ކުރީގެ މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ހޯރަފުށީ މުހައްމަދު ސަލީމަށް ހާޓްއެޓޭކެއް ޖެހިވަޑައިގެން އޭ.ޑީކޭގެ އައި.ސީ.ޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ސަލީމުގެ ގާތް މީހަކު މިއަދު ބުނިގޮތުގައި ސަލީމުގެ މެޔަށް ތަދުވެގެން ހޮސްޕިޓަލަށް ގެންދިޔައީ ރޭ ފަތިހުއެވެ.
"ހާލު ކްރިޓިކަލް ކަމަށް ވަނީ،" އޭނާ ބުންޏެވެ. އިތުރު ތަފްސީލެއް ނުލިބެއެވެ.
ސަލީމަކީ ރާއްޖޭގައި އުފެދުނު މޮޅު ނޫސްވެރިންގެ ތެރޭގައި ފާހަގަކުރެވޭ ބޭފުޅެކެވެ. އޭނާއަށް ވަނީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި ރަން އަދި އަލިމަސް ގަލަން ލިބިވަޑައިގެންފައެވެ.