Support Us

"ބިލެއްކަމަނަ އެވޯޑް" ހަ ކަނބަލަކަށް

ހދ. ނޮޅިވަރަންފަރުގައި ފާހަގަކުރެވޭ ހިދުމަތްތެރި ހަ ކަނބަލަކަށް "ބިލެއްކަމަނަ އެވޯޑް" ދީފިއެވެ.

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީން ބޭއްވި ހަފްލާގައި މި އެވޯޑް ދީފައިވަނީ ތަފާތު ހަ ދާއިރާއެއްގައި ފާހަގަކުރެވޭ ހަ ކަނބަލަކަށެވެ. އެއީ އިދާރީ، ސިއްހީ، ފަންނުވެރި، ހަށިހެޔޮ، ތައުލީމީ އަދި ދަރުމަވެރި ދާއިރާއިންނެވެ.

"ބިލެއްކަމަނަ އެވޯޑް" ހާސިލްކުރި ކަނބަލުން:

• އިދާރީ ދާއިރާ: ސާރާ ޔޫސުފް، ބޮކަރުމާގެ
• ސިއްހީ ދާއިރާ: ޝަކީބާ މުހައްމަދު، ހުވަނދުމާގެ
• އާރޓް/ ފަންނުވެރިކަން: އާމިނަތު ޝާހިދާ، ރޯޅިވާގެ
• ދުޅަހެޔޮ ހަށިހެޔޮ ދާއިރާ: މަރިޔަމް ހަނާ، ދުންތަރި
• ތައުލީމީ ދާއިރާ: ފާތުމަތު ފައުޒިއްޔާ، ޝަބުނަމީގެ
• ދަރުމަވެރި ދާއިރާ: ޖަމީލާ ހުސެން، ޒިއުރިކް

މި ހަފްލާ ޝަރަފްވެރިކޮށްދެއްވައި އެވޯޑްތައް ދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއެވެ.

މީގެ އިތުރުން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރާކާތްތަކުން ވަނަތައް ހާސިލްކުރި ކަނބަލުންނަށް އިނާމް ދިނުން ވެސް މި ހަފުލާގައި އޮތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. "ބިލެތް ކަމަނަ" ނޫންތޯ? "ބިލެއް" އެއީ ފައިސާގެ ރަސީދު ދޮގެއްތޯ?

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *