Support Us

ފަލަސްޠީނުގެ ރައީސާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިހާރު ކުރިޔަށްދާ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދައުލެތެއް ޤާއިމް ކުރުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހިސަރުކާރާއި ރައްޔިތުން، އެއްބާރުލުންދީ އެހީތެރިވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މީގެ އިތުރުން މިބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުގެ މެދުގައި ޘަޤާފީ ގުޅުންތައް ބަދަހިކުރެއްވުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސް ވަނީ، ފަލަސްޠީނަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދިވެހި ސަރުކާރުން އަދި ދިވެހިރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯއްދަވައި ދެއްވުމަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް