Support Us

ސޭޝެލްސްގެ ރައީސާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލު ކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން ކުރިޔަށް ދީޔައީ، ދޯހާގައި މިހާރު ކުރިޔަށްދާ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.

މިބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ. މިގޮތުން، ކޯވިޑް-19ގެ ކުރިން އޮތް ހާލަތަށް ފަތުރުވެރިކަން އިޢާދަކުރުމަަށް ދެޤައުމުން ކުރާ މަސައްކަތްތަކާއި މޫސުމީ ބަދަލުތައް ފަދަ ދެޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި، ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގައި، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ މެމްބަރުންގެ ހައިސިއްޔަތުން، މިހާރަށް ވުރެ މުހިއްމު ދައުރެއް އަދާކުރުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސޭޝެލްސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ބައިނަލްއަގްވާމީ މައިދާނުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކެއް ހޯދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 1980 ވަނަ އަހަރުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް