އެމެރިކާއިން ޙަމަލާއެއް ދީފާނެ ކަމަށް ބަލައި ރަޝިޔާއިން އައު އިސްތިރާތީޖީއެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި ކަމަށް ރޫސީ ދިފާޢީ ވުޒާރާގެ މަޖައްލާ ބުނެފިއެވެ. މި އިސްތިރާތީޖީގައި ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރުން ވެސް ހިމެނެއެވެ.
ރަޝިޔާގެ މީޑިއާތައް ބުނާގޮތުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރޭ "ފުވެނާ މައިސަލް" (ޢަސްކަރީ ޚިޔާލު) މަޖައްލާގައި ޝާއިޢުކޮށްފައިވާ ލިޔުމެއް ބުނާ ގޮތުގައި ދުނިޔޭގެ މައްޗަށް އެމެރިކާއިން އަތްގަދަކޮށްފައިވާ އަތްގަދަކުރުން ނެތިގެން ހިނގައިދާނެތީ ވޮޝިންގްޓަން ވަރަށް ބިރުގަނެއެވެ. މިހެންވެ އެމެރިކާއިން ވަނީ ރަޝިޔާގެ ބާރު ނައްތައިލުމަށް ޓަކައި ރަޝިޔާއަށް ޙަމަލާދިނުމަށް ރޭވުމެއް ރާވައިފައެވެ.
ވޮޝިންގްޓަންގެ މި ރޭވުމާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ޓަކައި ރޫސީ ޢަސްކަރީ ތަޖްރިބާކާރުން ދަނީ "ރޫސީ ޢަސްކަރީ ބާރުތައް ޝާމިލުވާގޮތަށް އިސްތިރާތީޖީ މައިތިރިއެއް ތައްޔާރުކުރައްވަމުންނެވެ."
މި ލިޔުން އިތުރަށް ބުންޏެވެ. "މި ކަމަށް ޓަކައި އިސްތިރާތީޖީ ދިފާޢީ ހަތިޔާރާއި ޙަމަލާދޭ ހަތިޔާރު ބޭނުންކުރަން ޖެހެއެވެ. ނިޔުކްލިއަރ ހަތިޔާރާއި ނިޔުކްލިއަރނޫން ހަތިޔާރުވެސް ބޭނުންކުރަން ޖެހެއެވެ. މި ރޭވުމުގައި އެންމެ ޒަމާނީ ޢަސްކަރީ ފަންނިއްޔަތު ބޭނުންކުރެވޭނެއެވެ."
މި ލިޔުން ބުނާގޮތުގައި ރަޝިޔާގެ ނިޔުކްލިޔަރ މިސައިލް ނިޒާމުތައް ވާކޮށްލުމުގެ ޤާބިލުކަން އެމެރިކާއަށް ލިބިގެން ނުވާކަން މޮސްކޯއިން ވޮޝިންގްޓަނަށް ސާފުބަހުން ބުނެދެއެވެ. ރަޝިޔާއިންދޭ ބަދަލުހިފުމުގެ ޙަމަލާ އެމެރިކާއަށް މަތައެއް ނުކުރެވޭނެއެވެ.
ބަޚްމޫތު ހަނގުރާމަ
އަނެއްކޮޅުން ހަނގުރާމައިގެ މައިދާނަށް ބަލާއިރު އިރުމަތީ ޔުކްރޭނުގެ މުހިއްމު ސަހަރެއްކަމުގައި ވާ ބަޚްމޫތު ވަށައިގެން ހިނގަމުންދާ ހަނގުރާމައިގައި ރޫސީ ސިފައިން މިހާރު ވަނީ މަދަދުފޮނުވުމަށް ކިޔީވަށް ލިބިފައިވާ ހަތަރު މަގުގެ ތެރެއިން ތިން މަގު ހިފައިފައެވެ. އެހެނަސް ކިޔީވުން ބުނާގޮތުގައި ޔުކްރޭން ސިފައިން ފައިބަމުންދާ ކަމަށް ބުނާ ޚަބަރަކީ ތެދު ޚަބަރެއް ނޫނެވެ.
ޔުކްރޭނުގެ ޢަސްކަރީ މުޙައްލިލެއް ކަމުގައިވާ އޮލެގް ޖަޑަނޯވް ވިދާޅުވާ ގޮތުގައި "ބަޚްމޫތުގައި އަހުރެމެންގެ ސިފައިން ރޫސީ ސިފައިންގެ ޙިޞާރުގެ ދަށުވުމަކީ ވަރަށް ގާތްކަމެކެވެ. ޙާލަތު ވަރަށް ނާޒުކެވެ." އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ދަނީ ޔުކޭރޭން ސިފައިންނަށް މަދަދު ފޯރުކޮށްދެވެން ހުރި މަގުތައް ބަންދުކުރަމުންނެވެ.
ސީއެންއެން ޔުކްރޭން ރައީސުގެ އިޤްތިޞާދީ މުޝީރަކާ ޙަވާލާދީ ބުނާގޮތުގައި "ފަހަރެއްގައި ޔުކްރޭނުގެ ލަޝްކަރު ބަޚްމޫތުން އިސްތިރާތީޖީ ފޭބުމަކުން ފައިބަފާނެއެވެ."



advertisment