Support Us

ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ދޭކަމުގެ ހެތްކެއް ނެތް

އެމެރިކާއިން މި ވަގުތު ޔުކްރޭނަށް އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެއްޖެއެވެ. އަދި އޭނާ ހާމަކުރެއްވި ގޮތުގައި ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ދޭ ކަމުގެ އެއްވެސް ދަލީލެއް ހެތްކެއް ފެންނާކަށް ނެތެވެ.

އެމެރިކާގެ އޭބީސީ ނިވްސްއަށް ބައިޑްން އިއްޔެ ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޔުކްރޭނަށް ބޭނުންވާ ޓޭންކާއި ވައިގެ ދިފާޢުތައް އެމެރިކާއިން ވަނީ ތަނަވަސްކޮށްދީފައެވެ. މި ވަގުތު ޔުކްރޭނަށް އެފް-16 މަތިންދާބޯޓު ބޭނުމެއް ނުވެއެވެ."

ރައީސް ބައިޑްން ބާރުއަޅުއްވާ ވިދާޅުވިއެވެ. "މިވަގުތު ރައީސް ޒިލެންސްކީ އެދިވަޑައިގަންނަވާ ގޮތަށް އެފް 16 މަރުކާގެ މަތިންދާބޯޓު ޔުކްރޭނަށް ދިނުމާ އަހުރެމެން ދެކޮޅު ހަދަމެވެ."

އެމެރިކާގެ ދިފާޢީވަޒީރު އޮސްޓަން ހާމަކުރެއްވި ގޮތުގައި "އެމެރިކާއިން ޔުކްރޭނަށް މިހާތަނަށް ވަނީ 32 ބިލިއަން ޑޮލަރުގެ ސަލާމަތީ ހަތިޔާރުތައް ދީފައެވެ. މި އެހީތަކުގެ ސަބަބުން ޔުކްރޭނުގައި މެޗު ކުޅެންޖެހޭ ޤަވާޢިދުތައް ބަދަލުކުރުމުގެ ޤާބިލުކަން ކިޔީވަށް މިހާރު ވާނީ ލިބިފައެވެ."

ޗައިނާގެ އެހީ މޮސްކޯއަށް

ޔުކްރޭން ހަނގުރާމައިގައި ޗައިނާއިން ރަޝިޔާއަށް އެހީވާ ކަމަށް ކުރެވޭ ތުހްމަތުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބައިޑްން ވިދާޅުވިއެވެ. "މިހާތަނަށް ތިޔަކަމާ ބެހޭގޮތުން އެއްވެސް ހެތްކެއް ލިބިފައެއް ނެތެވެ."

މި ބަސްދީގަތުމުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ބައިޑްން ވިދާޅުވިއެވެ. "ޗައިނާއިން ރަޝިޔާއަށް ހަތިޔާރުދީފިނަމަ އެމެރިކާއިން އެކަމަށް ރައްދުދޭނެއެވެ." އޭނާ ވިދާޅުވިއެވެ. "ޗައިނާ އެ ފަދަ ފިޔަވަޅެއް އަޅާނެހެނެއް ހީއެއް ނުވެއެވެ."

އެމެރިކާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާން ޕެޓް ރައިޑް ހާމަކުރެއްވި ގޮތުގައި "ޗައިނާއިން ރަޝިޔާއާށް ހަތިޔާރު ދޭކަމުގެ އެއްވެސް ނިޝާނެއް އެމެރިކާއަށް ފެނިފައެއް ނުވެއެވެ. އެހެނަސް މި ޚިޔާރުގެ ޗައިނާގެ މޭޒުމަތީގައި އެބަ އޮތެވެ." އެމެރިކާގެ ޚާރިޖީ ވަޒީރާއި ދިފާޢީ ވަޒީރު ވިދާޅުވާ ގޮތުގައި ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ދިނުމަކީ "ހަނގުރާމަ ދިގުލައިގެންދާނެ ކަމެކެވެ."

ޞުލްޙަޔާ ބެހޭ ޗައިނާގެ ހުށައެޅުން

ޔުކްރޭންގެ މަސްއަލަ ޙައްލުކުރުމާ ބެހޭގޮތުން ޗައިނާއިން ހުށައެޅި ހުށައެޅުމަށް ފާޑުވިދާޅުވަމުން ރައީސް ބައިޑްން ވިދާޅުވިއެވެ. "މި ހުށައެޅުމުގައި އެއްވެސް އެއްޗެއް ނެތެވެ. ރަޝިޔާ ނޫން ފަރާތަކަށް އެއިން ފައިދާއެއް ނުކުރާނެތެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ޕޫޓިން މި ހުށައެޅުމަށް އަތްތިލަބަޑި ޖެއްސެވުމުން އެއީ ރަނގަޅު އެއްޗެއް ނޫންކަން އެނގިއްޖެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *