ޗައިނާ- ރަޝިޔާ ގުޅުންތަކަށް ލޮޅުންއެރުވުމަށް އެމެރިކާއިން ކުރާ އެއްވެސް މަސައްކަތަކަށް ޗައިނާއިން އިޖާބަނުދޭނެ ކަމަށް ޗައިނާގެ މަރްކަޒީ ކޮމެޓީ ޚާރިޖީ ކަންތައްތަކާ ބެހޭ ރައީސް ވާންގް ޔީ ވިދާޅުވެއްޖެއެވެ.
މިޔުނިޚްގައި ސަލާމަތީ މަހާސިންތާގެ ހަވާސާމަތީގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަނާ ބައްދަލު ކުރައްވަމުން ވާންގް ޔީ ކަށަވަރުކޮށްދެއްވި ގޮތުގައި "ޝާމިލު ބައިވެރިވުމާއި އިސްތިރާތީޖީ އެއްބާރުލުމުގެ މައިދާންތަކުގައި ރަޝިޔާއާއި ޗައިނާއާ ދެމެދުގައިވާ ގުޅުންތައް ޤާއިމުވެފައިވަނީ އެ ދެ ޤައުމުގެ ސިޔާދަތާއި ވަކިފަރާތަކަށް ނުޖެހުމާއި އެއް ޤައުމު އަނެއް ޤައުމަށް އިޙްތިރާމުކުރުމާއި ކުރިމަތިލުމާ ދުރުހެލިވުމާއި ތިންވަނަ ފަރާތަކަށް އަމާޒުނުކުރުމުގެ މަތީގައެވެ."
ޗައިނާގެ ޚާރިޖިއްޔާއިން މި ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމާ ބެހޭގޮތުން މިއަދު ނެރުނު ބަޔާން ބުނާގޮތުގައި "ރަޝިޔާ- ޗައިނާ ގުޅުންތަކަށް އަސަރުފޯރުވުމަށް ޓަކައި އެމެރިކާ ސަރުކާރުން ބޭޖިންގަށް ދޭ އެއްވެސް އިރްޝާދެއް، ބިރުދެއްކުމެއް، ފިއްތުމެއް ބަލައެއް ނުގަންނާނެއެވެ."
އެމެރިކާގެ ޚާރިޖީ ވަޒީރު އިއްޔެ ޗައިނާގެ ޚާރިޖީ މަސްއޫލުވެރިޔާއާ ބައްދަލުކުރައްވަމުން ޔުކްރޭން ހަނގުރާމައިގައި ރަޝިޔާއަށް ތާއީދުނުކުރުމަށް ވަނީ އިންޒާރު ކުރައްވައިފައެވެ.



advertisment