Support Us

ބެލޫނީގެ ޙާދިސާތައް ތަކްރާރު ނުކުރުމަށް ޗައިނާއަށް އިންޒާރުކޮށްފި

ސަލާމަތާބެހޭ މިޔުނިޚް މަހާސިންތާގެ ހަވާސާމަތީގައި އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމުގެތެރޭގައި ބެލޫނީގެ ޙާދިސާތައް ކުރިމަގުގައި ތަކްރާރު ނުކުރުމަށް ވިދާޅުވެ ޗައިނާއަށް އިންޒާރެއް ދެއްވައިފިއެވެ.

ޗައިނާގެ ޖާސޫސީ ބެލޫޏެއްކަމަށް އެމެރިކާއިން ތުހްމަތު ކުރާ ބެލޫނި އެމެރިކާއިން ވައްޓައިލި ފަހުން މިއީ އެ ދެ ޤައުމުގެ އިސް ދެ މަސްއޫލުވެރިއެއްގެ ދެމެދުގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ހާމަކުރެއްވި ގޮތުގައި ޗައިނާއިން ޔުކްރޭން ހަނގުރާމައިގައި މޮސްކޯއަށް އެހީވާނަމަ އެކަމުގެ "ނަތީޖާ ވަރަށް ނުބައިވެގެން ހިނގައިދާނެކަމުގެ އިންޒާރު" ވެސް ބްލިންކެން ޗައިނާގެ ވަޒީރު ވާންގް ޔީއަށް ދެއްވިއެވެ.

ބްލިންކެން ހާމަކުރެއްވިގޮތުގައި ޗައިނާގެ ޚާރިޖީ ވަޒީރާއެކު ބާއްވަވަން ހަމަޖައްސަވައިފައިވާ ރަސްމީ ބައްދަލުވުން އަލުން ތާވަލު ކުރުމާ ބެހޭގޮތުން ވާހަކަފުޅެއް ނުދައްޖަވައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްން ޗައިނާގެ މަދަނީ ބެލޫންޏެއް މަގުގެއްލިގެން އެމެރިކާތެރެއަށް ވަނުމުން އެ ބެލޫނި ވައްޓައިލެއްވިލެއްވުމަކީ "ހަޖަމުކުރަން އުނދަގޫ ހިސްޓީރިޔާއަކާ ވައްތަރު" ޢަމަލެއް ކަމަށް ވާންގެ ޔީ ވިދާޅުވިއެވެ. ޗައިނާއިން ތުހްމަތުކުރާގޮތުގައި އެމެރިކާއިން ޗައިނާތެރެއަށް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި ޖާސޫސީ 11 ބެލޫނި ފޮނުވައިފައި ވެއެވެ. ޗައިނާ ބުނާގޮތުގައި ޗައިނާއާ ބެހޭގޮތުން ދޮގު ޚަބަރުތައް ފަތުރަމުންދާއިރު ޗައިނާއިން އެމެރިކާއާއެކު ރަސްމީ ބައްދަލުވުންތައް ނުބާއްވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *