Support Us

ރަޝިޔާގެ ޢަސްކަރީ ސަރަޙައްދުގެ އިސްވާރުންނަށް ބަދަލުތަކެއް

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ރަޝިޔާގެ ޢަސްކަރީ ސަރަޙައްދުތަކުގެ ވެރީންނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ޓާސް ނޫސް އޭޖެންސީ ބުނާގޮތުގައި ޢަސްކަރީ މަރްކަޒީ ސަރަޙައްދުގެ ވެރިކަމަށް އިސްކުރެވުނީ އޭންޑްރީ މޮރްޑަވިޗެވް އެވެ. ޢަސްކަރީ ހުޅަނގު ސަރަޙައްދުގެ ވެރިކަމަށް ޔެވްޖިނީ ނިކޮވޮރޯވެވެ. ޢަސްކަރީ އިރުމަތީ ސަރަޙައްދުގެ ވެރިކަމަށް ރޮސްޓަމު މޮރޮޑޯވެވެ. ޢަސްކަރީ ދެކުނު ސަރަޙައްދުގެ ވެރިކަމަށް ސަރޖީ ކޮޒޮވްލެވެވެ.

ރަޝިޔާގެ ނޫސް އޭޖެންސީއެއް ކަމުގައިވާ އާރު ބީ ސީ ބުނާގޮތުގައި ޢަސްކަރީ މަރްކަޒީ ސަރަޙައްދުގެ މަޤާމުގައި ހުންނެވި ޖެނެރަލް އެކްސެންޑަރ ލެބީން ވަނީ އެއްގަމު ސިފައިންގެ ބާރުތަކާ ބެހޭ ޗީފް އޮފް ސްޓާފްގެ މަޤާމަށް ބަދަލު ކުރެވިފައެވެ.

އެންޑްރީ މޮރޮޑަވިޗެވް އަކީ ކޮން ބޭފުޅެއް

މޮރޮޑަވިޗޭވްގެ ނަންފުޅު ވިދައިގެން ދިޔައީ ޔުކްރޭނުގެ ދެކުނުގެ ރަށެއް ކަމުގައިވާ މާރިޔޯޕޯލް ސަހަރު ޙިޞާރުކޮށް އެ ރަށް ހިފި ޙަމަލާގައެވެ. މި ސަހަރުގެ މަޝްހޫރު ކާރުޚާނާއެއް ކަމުގައިވާ އާޒޯފް ސްޓާލް ޙިޞާރުކޮށް އެ މުހިއްމު ކާރުޚާނާ ހިފީ އޭނާގެ އިސްވާރުކަމުގައެވެ.

ރަޝިޔާގެ އަށްވަނަ ފައުޖުގެ ވެރިއަކަށް ހުންނެވީ ވެސް މޮރޮޑަވިޗެވެވެ. ޔުކްރޭނުން ވަނީ އެމީހުންގެ ވައިގެ ޙަމަލާއެއްގައި މޮރޮޑަވިޗެވް އަވަހާރަކޮށްލެވިފައިވާ ކަމަށް އިޢުލާނުކޮށްފައެވެ.

އޭނާ 2011 ގައި ވަނީ ޓޭންކާ ބެހޭ ހަތަރު ވަނަ ބްރިގޭޑްގެ އިސްވާރުކަން ކުރައްވައިފައެވެ. އަދި 2014ވަނަ އަހަރު އޭނާ ވަނީ އޮޓޮމެޓިކް ހަތިޔާރާ ބެހޭ 28ވަނަ ބްރިގޭޑްގެ އިސްވާރުކަން ވެސް ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *