Support Us

ދުނިޔޭގެ އެންމެ ބޮޑު ޑައުން ޓައުން ސުއޫދީގައި ހަދަނީ

ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ދުނިޔޭގެ ޒަމާނީ އެންމެ ބޮޑު ޑައުން ޓައުން އާރާސްތު ކުރެއްވުމަށް ޓަކައި ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ކުންފުންޏެއް އުފައްދަވައިފިއެވެ.

ސުޢޫދީ މަޝްހޫރު ނޫހެއް ކަމުގައިވާ ޢުކާޡު ނޫސް ބުނީ މިއީ ވެރިރަށް ކުރިމަގުގައި އާރާސްތު ކުރައްވާ ބިނާކުރެއްވުމަށް ޓަކައި ހިންގަވާ ބިޔަ މަޝްރޫޢެއް ކަމަށެވެ. "އައު އަކަ މަޝްރޫޢު"ގެ ނަމުގައި ތަންފީޒު ކުރައްވާ މި މަޝްރޫޢު ފަރުމާކުރެވޭނީ ދިރިއުޅުމުގެ ފެންވަރު މަތީ ފެންވަރެއްގައި ދަމަހައްޓައިދޭނެ މިންގަނޑުތަކަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މަޝްރޫޢުގެ ދަށުން ފެހި ބިންތަކާއި ހިނގާރިތަކާއި، ދުޅަހެޔޮކަމާއި ޞިއްޙަތާ ބެހޭ މަފްހޫމުތައް ހަރުދަނާކުރުމަށާއި އިޖްތިމާޢީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ބިނާތައް ޤާއިމު ކުރެވޭނެއެވެ. މި މަޝްރޫޢުގެ ތެރޭގައި ދާރުލްއާސާރަކާއި ޒަމާނީ ފަންނިއްޔަތާއި ފަރުމާކުރުމާ ބެހޭ ދިރާސާތަކަށް ޚާއްޞަ ޔުނިވަރސިޓީއެއް ހިމެނޭނެއެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭގޮތަށް ތިއެޓަރަކާއި މުނިފޫހިފިލުވުމާއި ކުޅިސަމާތައް ބޭއްވުމަށް ޓަކައި 80 ސަރަޙައްދެއް ޤާއިމުކުރެވޭނެއެވެ.

މި މަޝްރޫޢު ޤާއިމު ކުރެވޭނީ ރިޔާޟު ސަހަރުގެ ހުޅަނގު އުތުރު ބިތުގައި މަލިކު ސަލްމާން މަގާއި މަލިކު ޚާލިދު މަގުގެ ހަތަރު އަނގޮޅި މަތީގައެވެ. މި މަޝްއރޫޢުގެ ޢުންޞުރުތައް ޤާއިމުކުރެވޭނީ 19 އަކަ ކީލޯމީޓަރުގެ ބިމެއްގައެވެ. މި ބިމުގައި ބިނާކުރެވޭ ބުރިތަކުގެ ޖުމްލަ މަސާޙަތު (އޭރިއާ)ގެ ބޮޑުމިން 25 ހަކަށް މިލިއަން އަކަ ކީލޯމީޓަރަށްވުރެ ބޮޑުވާނެއެވެ. މި މަޝްރޫޢޫގެ ދަށުން މީހުން ދިރިއުޅުމަށް 104 ހާސް ޔުނިޓް ޤާއިމު ކުރެވޭނެއެވެ. އަދި މެހެމާންދާރީ އަދާކުރުމަށް ޓަކައި ނުވަ ހާސް ޔުނިޓް، ވިޔަފާރީގެ ތަފާތު ޙަރަކާތްތަކަށް ޓަކައި 980 އަކަ މީޓަރު، ލައިބްރަރީ ޚިދްމަތްތަކަށް ޓަކައި 1.4 މިލިއަން އަކަ މީޓަރު، އިޖްތިމާޢީ ޙަރަކާތްތަކަށް ޓަކައި 1.8 މިލިއަން އަކަ މީޓަރު ޚާއްޞަ ކުރެވޭނެއެވެ.

މި ޚާއްޞަ މަޝްރޫޢު ބިނާކުރެވޭނީ ވައިގެ ބަނދަރުން 20 މިނެޓްގެ ތެރޭގައި އާދެވޭ ހިސާބެއްގައިކަމަށާއި މި މަޝްރޫޢުގެ އެތެރޭގައި ތަފާތު ބައިތަކަށް ދިޔުމަށް ޓަކައި ދާޚިލީ މުވާޞަލާތު ވެސް ތަނަވަސްކޮށްދެވޭނެއެވެ.

"އައު އަކަ" މަޝްރޫޢު އާރާސްތުކޮށް ބިނާކުރާ ކުންފުނިން މިތަން ރަމްޒުކޮށްދޭ އައިކަނެއް ކޮނޑިއެއްގެ ސިފައިގައި ބިނާކުރާނެއެވެ. އެއީ 400 މީޓަރުގެ އުސް 400 މީޓަރުގެ ފުޅައު 400 މީޓަރުގެ ދިގު ކޮނޑިއެކެވެ. މި ތަނުން ނުވަތަ ބުރުޖުން މި މަޝްރޫޢާ ބެހޭ ތަފްޞީލުތައް ތިންދުރުމިނުގައި ފެންނާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *