Support Us

ތުރްކީއާއި ސޫރިޔާއަށް އެހީވާން މުސްލިމުން އެކަތިގަނޑަކަށް ވުމަށް ގޮވައިލައިފި

މިމަހުގެ ހަ ވަނަ ދުވަހު ތުރްކީގެ ދެކުނު ސަރަޙައްދުތަކަށާއި ސޫރިޔާގެ އުތުރު ސަރަޙައްދުތަކަށް އައި ބާރުގަދަ ޒިލްޒާލުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ޓަކައި އެއް އުންމަތެއްގެ ގޮތުގައި ފުންމައިގަތުމަށް އިސްލާމީ ޢިލްމުވެރީން ދުނިޔޭގެ މުސްލިމުންނަށް އިއްޔެ ގޮވައިލައިފިއެވެ. 

މި ބޭފުޅުން މި ކަމަށް ގޮވައިލެއްވި ދާދިވަރުކޮށް ބޭއްވެވި މަހާސިންތާއެއްގައެވެ. މި މަހާސިންތާގެ ނަމަކީ "އެއް އުންމަތެއް.. އެއް ހިތެއް" އެވެ. މި މަހާސިންތާގައި ޢަރަބި އިސްލާމީ ތަފާތު 50 މުއައްސަސާއަކާއި ޖަމްޢިއްޔާއެއް ބައިވެރިވިއެވެ. 

"މުސްލިމުންގެ ޢިލްމުވެރީންގެ ޢާލަމީ އިއްތިޙާދު"ގެ އަމީން ޢާންމު އައްޝައިޚު ޢަލީ އަލްޤުއްރަތު ދާޣީ މި މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ފަތުވާދެއްވި ގޮތުގައި ފަރްޟު ޙައްޖު އަދާކޮށްފައިވާ މީހުން އަލުން ޙައްޖަށް ނުގޮސް ޙައްޖުވުމަށް ކުރާން ޖެހޭ ޚަރަދު ޒިލްޒާލުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ޓަކައި ހޭދަކުރެވިދާނެއެވެ. އޭނާ ފަތުވާ ދެއްވަމުން ވިދާޅުވިގޮތުގައި ޢުމުރާ އަދާކުރުމުގެ ބަދަލުގައި އެ ފައިސާވެސް މި ކަމަށް ހޭދަކުރެވިދާނެއެވެ. އަދި އޭނާ ވިދާޅުވިގޮތުގައި މި އަހަރު ޒަކާތް ދިނުން ފަސްކޮށް ޒަކާތުގެ ގޮތުގައި ދޭންޖެހޭ ފައިސާ ވެސް ޒިލްޒާލުގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ޓަކައި ހޭދަކުރެވިދާނެއެވެ. 

ފަލަސްޠީނުގެ އިސްލާމީ ޙަރަކާތުގެ ރައީސް އައްޝައިޚު ރާއިދު ޞާލިޙު މި މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ތުރްކީއާއި ސޫރިޔާގެ އަޚުންނާއި އުޚްތުންނާ ކުރިމަތިވި މި މުޞީބަތަކީ އެންމެހާ މުސްލިމުންނާ ކުރިމަތިވި މުޞީބާތެއް ކަމަށް ދެކެން ޖެހޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *