Support Us

ބިންހެލުމުގައި ގެއްލުން ލިބުނު ޢިމާރާތްތަކުގެ ޢަދަދު ތުރްކީން ހާމަކޮށްފި

ތުރްކީގެ ދެކުނުގެ 10 ސްޓޭޓަކަށް މި މަހުގެ ހަ ވަނަ ދުވަހު އައި ވަރުގަދަ ބިންހެލުންތަކުގެ ސަބަބުން ގެއްލުން ލިބުނު ޢިމާރާތްތަކުގެ ޢަދަދު ތުރްކީން މިއަދު ހާމަކޮށްފިއެވެ.

ތުރްކީގެ ތިމާވެށްޓާއި ޢިމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު މުރާދު ޤުރޫމު ހާމަ ކުރެއްވި ގޮތުގައި މި ބިންހެލުންތަކުގެ ސަބަބުން ގެއްލުން ލިބުނު 10 ސަރަޙައްދުން 41 ހާސް 791 ޢިމާރާތް ވެއްޓިފައި ނުވަތަ ވަރަށް ބޮޑަށް ގެއްލުން ލިބިފައި ވެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ބިންހެލުން އައި 10 ސަރަޙައްދުން 307 ހާސް 763 ޢިމާރާތް ބަލައި އެ ތަންތަނަށް ލިބިފައިވާ ގެއްލުންތައް މިހާރުވަނީ ފާހަގަކުރެވިފައެވެ.އޭނާ ފާހަގަކުރެއްވި ގޮތުގައި 190 ހާސް 172 ބޯހިޔާވައްސާއި މަސައްކަތްކުރާ ތަންތަން ވެއްޓި ހަލާކުވެފައިވެއެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ބިންހެލުންތަކުގެ ސަބަބުން ޢިމާރާތްތަކަށާއި ގެދޮރަށް ލިބިފައިވާ ގެއްލުން ބެލުމުގެ މަސައްކަތުގައި 6،500 ޢުންޞުރު ބައިވެރިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި "މި ދިހަ ސަރަޙައްދު އާރާސްތުކޮށް ޢިމާރާތްކުރުމުގެ މަސައްކަތް މި މަސް ހުސްވުމުގެ ކުރިން ފެށޭނެއެވެ." އޭނާ ވިދާޅުވިގޮތުގައި ބިނާކުރުމުގެ މަސައްކަތް އެއް ވަގުތެއްގައި ހުރިހާ ސަރަޙައްދުތަކެއްގައި ކުރިއަށް ދާނެއެވެ.

ޒަޚަމުވެފައިވާ މީހުން އެހެން ސްޓޭޓްތަކަށް

މި މައުޟޫޢާ ގުޅިގެން ތުރްކީގެ މަސްއޫލުފަރާތްތައް ވިދާޅުވާ ގޮތުގައި މި ބިންހެލުންތަކުގެ ސަބަބުން ޒަޚަމުވި މީހުންނަށް ފަރުވާދިނުމަށް ޓަކައި އެހެން ސްޓޭޓްތަކަށް މިހާރު ވަނީ ގެންދެވިފައެވެ. މިއަދު ތުރްކީގެ އަޟްނާއިން ޢަސްކަރީ މަތިންދާބޯޓެއްގައި 49 މީހަކު އިސްތަންބޫލުގެ ހަސްފަތާލުތަކަށް ފަރުވާ ދިނުމަށް ޓަކައި ގެންދެވުނެވެ.

ތުރްކީގެ ނައިބު ރައީސް ވިދާޅުވި ގޮތުގައި ތުރްކީއަށް މި މަހުގެ 6ވަނަ ދުވަހު އައި ބިންހެލުންތަކުގައި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 24 އާގުބޯޓާއި 70 މަތިންދާބޯޓާއި 112 ހެލިކޮޕްޓަރާއި 12 ހާސް 322 އާލަތް ބައިވެރިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *