Support Us

ތުރްކީއަށް ޒިޔާރަތް ކުރައްވާ ފުރަތަމަ ޒަޢީމަކަށް ޤަޠަރުގެ އަމީރު

ޤަޠަރުގެ އަމީރު ޝައިޚު ތަމީމު މިއަދު ތުރްކީއަށް ވަޑައިގަންނަވައިފިއެވެ. ޤަޠަރު ނޫސް އޭޖެންސީ ބުނާގޮތުގައި ޤަޠަރުގެ އަމީރު މިއަދު ހެދުނު ތުރްކީއަށް ވަޑައިގަތީ "މަސައްކަތު ޒިޔާރަތެއް" ގައެވެ. ޤަޠަރުގެ އަމީރަކީ ތުރްކީއަށާއި ސޫރިޔާއަށް ފެބްރުވަރީ ހައެއްގައި އައި ބާރުގަދަ ބިންހެލުމަށް ފަހު ތުރްކީއަށް ޒިޔާރަތްކުރައްވާ ޤަމެއްގެ އެންމެ އިސް ވެރިޔާއެވެ.   

ތުރްކީއަށާއި ސޫރިޔާއަށް އައި ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ޓަކައި މީގެ ދެ ދުވަސް ކުރިން ޝައިޚު ތަމީމު ވަނީ 50 މިލިޔަން ރިޔާލު (14 މިލިއަން ޑޮލަރު) ހަދިޔާ ކުރައްވައިފައެވެ. 

ދެކުނު ތުރްކީއަށާއި އުތުރު ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން 30 ހާސް މީހުން ވަނީ މަރުވެފައެވެ. އަދި 80  ހާހަށްވުރެ ގިނަ ބަޔަކު ވަނީ ޒަޚަމުވެފައެވެ. 

ތުރްކީއަށް ފުރަތަމަ އައި ބިންހެލުމުގެ ބާރުމިނަކީ ރެޚްޓަރު މިންގަނޑުން 7.8 އެވެ. އޭގެ ދެތިން ގަޑިއިރުފަހުން 7.6 ގެ ބާރުގަދަ އިތުރު ބިންހެލުމެއް އައިސްފައިވެއެވެ. އެއަށްފަހު އިރްތިދާދީ އެތައް ބިންހެލުންތަކެއް ވެސް އައިސްފައެވެ. މިއީ ސައްތައެއްހާ އަހަރުގެ ތެރޭގައި މި ސަރަޙައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *