އައްޑޫ ސިޓީއަށް އުފަން، އުމުރުން 31 އަހަރުގެ މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ސ. މަރަދޫފޭދޫ، ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް، 31، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފެބުރުވަރީ ފަސް ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
"އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ 4 ވަނަ ދުވަހުގެ 19:30 ހާއިރުކަމާއި އޭރު ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުންގެ ބަޔާނެއްގައިވެއެވެ.
"މުޙައްމަދު އާސިރު އިސްމާޢީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން."



advertisment