Support Us

ޢަސްކަރީ މައިދާނުގައި އިސްރާއީލު ޔުކްރޭނަށް އެހީވަނީ

ޑްރޯނާއި މިސައިލް ޙަމަލާތަކާ ބެހޭގޮތުން ދުރާލާ އިންޒާރުދޭ ފަންނިއްޔަތު އިސްރާއީލުން ޔުކްރޭނަށް ދިނުމާ ބެހޭގޮތުން އިސްރާއީލާ ޔުކްރޭނާ ދެމެދުގައި އެއްބަސްވުމެއް ޤާއިމުކުރެވިއްޖެ ކަމަށް އިސްރާއީލުގައި ހުންނަވާ ޔުކްރޭނުގެ ސަފީރު ކޮރްނިޗޯކް ވިދާޅުވެއްޖެއެވެ.

ޔުކްރިންފޯރމް މީޑިޔާ ޔުކްރޭން ސަފީރާ ޙަވާލާދީ ބުނިގޮތުގައި ޑްރޯނާއި މިސައިލް ޙަމަލާތަކާ ބެހޭ ވިސްނުންތޫނު ފަންނިއްޔަތު ކިޔީވަށް އަވަހަށް ނަޤްލުކުރުމާ ބެހޭގޮތުން މެދުކަނޑައިނުލައި މަސައްކަތް ކުރެވެމުން އެބަދެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފަންނިއްޔަތު "ރަސްމީކޮށް އިސްރާއީލުން ޔުކްރޭނަށް ވަރަށް އަވަހަށް ނަޤުލުކޮށްދޭނެއެވެ. ވަރަށް ކައިރި މުސްތަޤްބަލެއްގައި އެ ނިޒާމު ފުރިހަމަކޮށް ޔުކްރޭނަށް ނަޤްލުކޮށްދޭނެއެވެ."

މި ކަމާބެހޭގޮތުން ޔުކްރޭންގެ ޚާރިޖީ ވަޒީރު ކޮލީބާ އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު ޔާއީރު ލެޕިޑާއެކު ވަނީ މަޝްވަރާ ކުރައްވައިފައެވެ. މި ދެބޭފުޅުން މަޝްވަރާކުރައްވައިފައި ވަނީ ޢަސްކަރީ އެހީއާ ބެހޭގޮތުންނެވެ. ވަކިން ޚާއްޞަކޮށް ޖައްވީ ދިފާޢީ ނިޒާމާއި މިސައިލް ދިފާޢީ ނިޒާމާ ބެހޭ މައިދާނުގައި ޔުކްރޭނަށް ބޭނުންވާ އަވަސް އެހީއާ ބެހޭގޮތުންނެވެ.

އިސްރާއީލުގެ އޭރުގެ ދިފާޢީ ވަޒީރު ގެންޓްސް ޔޫރަޕްގެ އިއްތިޙާދުގެ ސަފީރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ހާމަކުރެއްވި ގޮތުގައި އިސްރާއީލުން ކިޔީވަށް ހަތިޔާރެއް ނުދޭނެއެވެ. އެހެނަސް އިންސާނީ އެހީތައް ދޭނެއެވެ. އަދި ވައިގެ ޙަމަލާތަކުން ޔުކްރޭން ދިފާޢުވުމަށް ބޭނުންވާ ދުރާލައި އިންޒާރުދޭ ނިޒާމުތައް ތަރައްޤީ ކުރުމަށް ބޭނުންވާ ފަނިއްޔަތާއި މަޢުލޫމާތު އިސްރާއީލުން ދޭނެއެވެ.

އިސްރާއީލުން ޔުކްރޭނުން ޢަސްކަރީ އެހީ ދިނުމަށް ޖެހިލުން ވަނީ މި ކަމާ ވިދިގެން ރަޝިޔާއިން ސޫރިޔާއަށް ދީފާނެ ޢަސްކަރީ އެހީތަކުގެ ސަބަބުން އެ މަސްރަޙު އިތުރަށް ހޫނުވެދާނެތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *