Support Us

"ކާމިޔާބު ނޫސްވެރިޔާ": ނޫސްވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މުޅި ރާއްޖެއަށް

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އާ ނޫސްވެރިން އުފައްދައި ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާ ގޮތަށް "ޝަހީބު މީޑިއާ" އިން މިއަދު އިއުލާންކޮށްފިއެވެ. "ކާމިޔާބު ނޫސްވެރިޔާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ތިން ބާވަތެއްގެ ކޯސް ހިމަނައިފައިވެއެވެ.

މި ތަމްރީނުތަކުގެ ތެރޭގައި ހިމެނެނީ ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ކުރަން ބޭނުންވާ ޒުވާނުންނަށާއި ނޫސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހިންގާ "ޖަރނަލިޒަމް: ނިއުސް ރައިޓިން އެންޑް ރިޕޯޓިން ކޯސް" އާއި ކައުންސިލްތަކާއި މިނިސްޓްރީތަކާއި އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހިންގާ "އިންހައުސް ވޯކްޝޮޕް އޮން މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޓްރޭނިން- ހައު ޓު ހެންޑްލް މީޑިއާ" އާއި މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގެ މީޑިއާ ކްލަބުތަކަށާއި ސްކޫލް ދަރިވަރުންނަށް ހިންގާ "އިންޓްރޮޑަކްޝަން ޓު ޖާރނަލިޒަމް ފޮރ ސްކޫލްގޯއާރސް" އެވެ.

ނޫސްވެރިން ތަމްރީނުކުރުމުގެ މި ޕްރޮޖެކްޓް އިއުލާންކުރައްވަމުން "ޝަހީބު މީޑިއާ"ގެ ސީއީއޯ މުހައްމަދު ޝަހީބު ވިދާޅުވިއެވެ.

"ޓެކްނޮލޮޖީގެ ގޮތުން ދުނިޔެއަށް އައި ކުރިއެރުމާއެކު ރާއްޖޭގައި ނެރޭ ނޫސް/މަޖައްލާތަކުގެ އަދަދު މިއަދު ވަނީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ވަރަށް ގިނަވެފައެވެ. ރަޖިސްޓްރީކޮށްގެން ރަސްމީ ސިފައެއްގައި ދުއިސައްތައަށް ވުރެ ގިނަ އޮންލައިން ނޫސް/މަޖައްލާ ރާއްޖޭގައި މިހާރު ނެރެމުން އަންނައިރު، އެތައް ޓީވީ ޗެނަލަކާއި ރޭޑިއޯ ޗެނަލްތަކެއް ވެސް އަންނަނީ ހިންގަމުންނެވެ. މި ހުރިހާ ތަނެއްގައިވެސް ގިނަ އަދަދެއްގެ ނޫސްވެރިން ހަރަކާތްތެރިވަމުން އާދެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ނޫސްވެރިން ގަލަމުގައި ހިފަނީ ނޫސްވެރިކަމުގެ ދާއިރާއިން އަސާސީ ތަމްރީނެއްވެސް ލިބިގެނެއް ނޫނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިގެން ޝަހީބު މީޑިއާ އިން 2022 އޯގަސްޓުގައި ހިންގި ނޫސްވެރިން ތަމްރީނުކުރުމުގެ ކޯހުގެ ބައިވެރިންނާއި ބައެއް އިންސްޓްރަކްޓަރުންނާއި ޚާއްސަ މެހެމާނުން. -ފޮޓޯ:ވަން

"ގައުމު ބިނާކޮށް، ޑިމޮކްރަސީ އާލާކޮށް ދިރުވުމުގައި ނޫސްވެރިކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ، ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށް ވާއިރު، ދިވެހިރާއްޖޭގެ ދިވެހި ނޫސްވެރިކަން ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، އަދި އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރާއި ލިއުންތައް ލިޔާނެ ޒިންމާދާރު ނޫސްވެރިކަމުގެ އާ ޖީލެއް ބިނާކުރުމަށްޓަކައި، ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންނަށް އެކަށީގެންވާ ތަމްރީނު ޕްރޮގްރާމުތަކެއް ހިންގައި، ރޯފިލާފައިވާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކިއެކި މުވައްސަސާތަކުން ހިންގާ އެކިއެކި މަޝްރޫއުތަކަށް އެކަށީގެންވާ މީޑިއާ ކަވަރޭޖް ލިބޭނެ ގޮތަށް، އެކި މުވައްސަސާތަކުގައި މީޑިއާ އޮފިސަރުން ތަމްރީނުކުރުމާއި މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ނޫސްވެރިކަމަށް ޝައުގުވެރިކުރުވައި، ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ކުރުމަށް މަގުކޮށައިދިނުމަކީ ވެސް އަންނާން އޮތް ޖީލަށްޓަކައި މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ."

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިގެން ޝަހީބު މީޑިއާ އިން 2022 އޯގަސްޓުގައި ހިންގި ނޫސްވެރިން ތަމްރީނުކުރުމުގެ ކޯހުގެ ބައިވެރިން.. -ފޮޓޯ: އަދިވެސް

"ކާމިޔާބު ނޫސްވެރިޔާ" ޕްރޮޖެކްޓްގެ މަގުސަދުތައް:

  1. ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ ކާމިޔާބު ނޫސްވެރިއަކަށް ވުމަށް ތަމްރީނުކުރުން
  2. އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރާއި ލިއުންތައް ލިޔާނެ ޒިންމާދާރު ނޫސްވެރިކަމުގެ އާ ޖީލެއް ބިނާކުރުން
  3. ދިވެހި ޒުވާނުންނަށް ނޫސްވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުން
  4. ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ވަޒީފާގެ ފުރުސަތު ހޯދަން ސަލާން ނުޖަހައި، ރަށުގައި ތިބެގެން އަމިއްލަ އޮންލައިން ނޫސް/މަޖައްލާތައް ހިންގަން ޒުވާނުން ޝައުގުވެރިކުރުވުން
  5. ރަށްރަށުގައި ތިބެގެން ވެސް ނޫސްވެރިކަމުގެ ދާއިރާއިން ރަނގަޅު އާމްދަނީއެއް ހޯދިދާނެ ގޮތްތަކެއް ބުނެދިނުން
  6. ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އޮންލައިން ނޫސްތައް ހިންގުމަށް މަގުކޮށައިދިނުން
  7. ކައުންސިލްތަކާއި މިނިސްޓްރީތަކާއި އޮފީސްތަކާއި ކުންފުނިތަކުގައި މީޑިއާ އޮފިސަރުން ތަމްރީނުކުރުން
  8. އެކިއެކި މުވައްސަސާތަކުން ހިންގާ ޕްރޮޖެކްޓުތަކާއި ކަނޑައަޅާ އެކިއެކި ސިޔާސަތުތަކަށް އެކަށީގެންވާ މީޑިއާ ކަވަރޭޖް ލިބޭނެ ގޮތްތައް ދެނެގަނެ، މުވައްސަސާގެ ތަސައްވަރު ރަނގަޅުކުރުމާއެކު މީޑިއާއަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރުދަނާ ނިޒާމެއް އެކަށައަޅައި މީޑިއާއާ ގުޅުން ބަދަހިކުރުން
  9. ކިޔަވާ ކުދިންގެ ހިތްތަކުގައި ނޫސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، ނޫސްވެރިކަމަށް ލޯހުޅުވައިދީ، ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ޚިޔާރުކުރުމަށް ދަރިވަރުންނަށް މައުލޫމާތު ދީ، މަގުކޮށައިދިނުން

ޝަހީބު މީޑިއާއަކީ ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދީ ކުރިއަރުވައިދޭނެ ޒިންމާދާރު ނޫސްވެރީން ތަމްރީނުކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖުކުރުމާއި މީޑިއާ މާކެޓިން އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި 2010 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ "މީޑިއާ ހައުސް" އެެކެވެ. "ޝަހީބު މީޑިއާ"އަކީ ރާއްޖޭގެ ނޫސްވެރިކަމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ މުހައްމަދު ޝަހީބު ހިންގާ "މީޑިއާ ހައުސް" އެެކެވެ. ނޫސްވެރިކަމުގެ ރޮނގުންނާއި ލިއުންތެރިކަމުގެ ރޮނގުން ގައުމީ އިނާމް ޝަހީބު ހާސިލް ކުރައްވައިފައިވެއެވެ. އަދި ނޫސްވެރިކަމުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައި ވެއެވެ. ރާއްޖޭގައި އެންމެ ގިނަ ނޫސްވެރިން ތަމްރީނުކުރައްވައިފައި ވަނީ ވެސް ޝަހީބެވެ.

Journalism: News Writing and Reporting Course

މިއީ ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ކުރަން ބޭނުންވާ ޒުވާނުންނަށާއި ނޫސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހިންގާ ޕްރޮގްރާމެއް

އަމާޒު: އަތޮޅުތަކުގައި ތިބި ޒުވާނުން ވަޒީފާ ހޯދަން މާލެ ނައިސް، އަމިއްލަ ރަށުގައި ތިބެގެން ޚަބަރާއި މައުލޫމާތު ފެތުރުމަށް ނިއުސް ވެބްސައިޓް އުފައްދައި، ހިންގައި، ނޫސްވެރިކަމުން ނަފާ ހޯދުމާއެކު ވަޒީފާގެ ފުރުސަތުތައް އުފައްދައި ޒުވާނުން ބާރުވެރިކުރުވުން

ވަގުތު: 18 ގަޑިއިރު

ތަން: ކޯސް އިންތިޒާމްކުރާ ތަނެއްގެ މަލްޓިޕަރޕަސް ހޯލްގައި

ބައިވެރިންގެ އަދަދު: ގިނަވެގެން 40

ކިޔަވައިދިނުން:

* އިސްވެ ކިޔަވައިދޭނީ ނޫސްވެރިކަމުގެ 30 އަހަރުގެ ތަޖުރިބާކާރެއް ކަމުގައިވާ މުހައްމަދު ޝަހީބު

* އަދި ނޫސްވެރިކަމުގެ ތަޖުރިބާކާރު އިތުރު ލެކްޗަރަރުން ބައިވެރިވާނެ

In-house Workshop on:

Media and Communications Training; How to Handle Media

މިއީ ކައުންސިލްތަކާއި މިނިސްޓްރީތަކާއި އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހިންގާ ޕްރޮގްރާމެއް

އަމާޒު: ކައުންސިލްތަކާއި މިނިސްޓްރީތަކާއި އޮފީސްތަކާއި ކުންފުނިތަކުން ހިންގާ އެކިއެކި ޕްރޮޖެކްޓުތަކާއި ކަނޑައަޅާ އެކިއެކި ސިޔާސަތުތަކަށް އެކަށީގެންވާ މީޑިއާ ކަވަރޭޖް ލިބޭނެ ގޮތްތައް ދެނެގަނެ، މުވައްސަސާގެ ތަސައްވަރު ރަނގަޅުކުރުމާއެކު މީޑިއާއަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރުދަނާ ނިޒާމެއް އެކަށައަޅައި މީޑިއާއާ ގުޅުން ބަދަހިކުރުން

ވަގުތު: 18 ގަޑިއިރު

ތަން: އޮފީހުގައި

ބައިވެރިންގެ އަދަދު: ގިނަވެގެން 30

ކިޔަވައިދިނުން:

* އިސްވެ ކިޔަވައިދޭނީ ނޫސްވެރިކަމުގެ 30 އަހަރުގެ ތަޖުރިބާކާރެއް ކަމުގައިވާ މުހައްމަދު ޝަހީބު

* އަދި ނޫސްވެރިކަމުގެ ތަޖުރިބާކާރު އިތުރު ލެކްޗަރަރުން ބައިވެރިވާނެ

Introduction to Journalism for Schoolgoers

މިއީ މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގެ މީޑިއާ ކްލަބުތަކަށާއި ސްކޫލް ދަރިވަރުންނަށް ހިންގާ ޕްރޮގްރާމެއް

އަމާޒު: ކިޔަވާ ކުދިންގެ ހިތްތަކުގައި ނޫސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، ނޫސްވެރިކަމަށް ލޯހުޅުވައިދީ، ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ޚިޔާރުކުރުމަށް ދަރިވަރުންނަށް މައުލޫމާތު ދީ، މަގުކޮށައިދިނުން

ވަގުތު: 1 ދުވަސް

ތަން: ސްކޫލް ހޯލްގައި

ބައިވެރިންގެ އަދަދު: ގިނަވެގެން 50

ކިޔަވައިދިނުން:

* އިސްވެ ކިޔަވައިދޭނީ ނޫސްވެރިކަމުގެ 30 އަހަރުގެ ތަޖުރިބާކާރެއް ކަމުގައިވާ މުހައްމަދު ޝަހީބު

* އަދި ނޫސްވެރިކަމުގެ ތަޖުރިބާކާރު އިތުރު ލެކްޗަރަރުން ބައިވެރިވާނެ

  • ކޯސްތައް އިންތިޒާމްކުރުމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް: 9934333 އަށް ގުޅުއްވުން އެދެން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *