Support Us

ޗައިނާ- ރަޝިޔާ ގުޅުންތައް ވަރުގަދަކުރާތީ އެމެރިކާ ފާޑުކިޔައިފި

ޗައިނާއިން ރަޝިޔާއާއެކު ގުޅުންތައް ފުޅައުކޮށް ވަރުގަދަކުރަމުންދާތީ ވޮޝިންގްޓަނުން ބޭޖިނގްގެ ސިޔާސަތާ ދެކޮޅަށް ފާޑުކިޔައިފިއެވެ.

"ބޭޖިންގް އެމީހުން މި ތިބީ ޔުކްރޭނުގެ މަސްއަލައިގައި ވަކި ފަރާތަކަށް ބުރަނުވެކަމަށް ދަޢުވާކުރެތެވެ. އެހެނަސް އެމީހުން ދަނީ މޮސްކޯއާއެކު ގުޅުންތައް އިތުރަށް ބަދަހިކުރަމުންނެވެ." އެމެރިކާގެ ޚާރިޖިއްޔާއިން ބުންޏެވެ. "ރަޝިޔާއިން ޔުކްރޭން ހަނގުރާމަ ކުރިއަށްގެންދާ ވަގުތެއްގައި ޗައިނާ- ރަޝިޔާ ގުޅުންތައް ބަދަހިވަމުންދާތީ އަހުރެމެން ކަންބޮޑުވަމެވެ."

ރަޝިޔާއިން ދަނީ އޭޝިޔާއާއެކު ގުޅުންތައް ހަރުދަނާކުރަމުން

ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމަށް ޓަކައި ފަހަކަށް އައިސް ރަޝިޔާއިން ވަނީ އޭޝިޔާގެ ޤައުމުތަކާއެކު ގުޅުންތައް ބަދަހިކުރުމަށް ޙަރަކާތްތެރިވެފައެވެ. ޚާއްޞަ ގޮތެއްގައި ޗައިނާއާއި އިންޑިއާއާއެކު މޮސްކޯއިން ދަނީ ގުޅުންތައް ފުޅާއުކޮށް ބަދަހިކުރަމުންނެވެ.

ރޫސީ ރައީސް ޕޫޓިން ޗައިނާގެ ރައީސް ޝީއާ ވީޑިއޯކޮށް ބައްދަލު ކުރައްވަމުން ހާމަކުރެއްވި ގޮތުގައި މޮސްކޯއިން ބޭޖިންގާއެކު ގުޅުންތައް ވަރުގަދަކޮށް ފުޅައުކުރުމަށް އެދެއެވެ. ހުޅަނގުގެ ފިއްތުންތަކާ ކުރިމަތިލުމަށް ޓަކައި އެ ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ޕޫޓިން ތާރީފު ކުރެއްވިއެވެ.

މޮސްކޯއާއި ބޭޖިންގ ދެކޭގޮތުގައި އެމެރިކާއާއި އެ ޤައުމުގެ ބައިވެރީންގެ ނުފޫޒާ ކުރިމަތިލައި ތިލަފަތް ތަވާޒުނުކުރުމުގެ ބާރު ލިބިގެންވާ ޖިއޯސިޔާސީ ބާރަކީ މޮސްކޯއާއި ބޭޖިންގެވެ. ވޭތުވެދިޔަ ދެތިން މަހުގެ ތެރޭގައި މި ދެ ޤައުމު ގުޅިގެން ޢަސްކަރީ އެތައް ތަމްރީނުތަކެއް ބާއްވައިފައި ވެއެވެ. އޭގެތެރޭގައި މި ދިޔަ ހަފުތާގައި އިރުމަތީ ޗައިނާ ކަނޑުގައި ބޭއްވި ޢަސްކަރީ ކަނޑުގެ ތަމްރީނުތައް ހިމެނެއެވެ. މި ތަމްރީނުތަކުގައި ދުޝްމަނުންގެ އަޑިންދާ ބޯޓުތަކަށް ބޮމުން ޙަމަލާދިނުމަށާއި މަނަވަރުފަހަރަށް ބަޑިން ޙަމަލާދިނުމުގެ ސަމާތަކެއް ބޭއްވިއެވެ.

ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންޚުވާ ބުނާގޮތުގައި މި މަހު 21ން 27ށް ބޭއްވި ތަމްރީނުތަކުގައި ރަޝިޔާގެ ޕެސިފިކް ކަނޑުގެ ފުލީޓް ބައިވެރިވިއެވެ. މި ތަމްރީނުތައް ބާއްވައިފައި ވަނީ ޗައިނާގެ ޗިޖިއަންގް ސަރަޙައްދުގެ އައްސޭރިފަށުގައެވެ. މި ތަމްރީނުތަކުގައި ސަބްމެރީނާ އިދިކޮޅު ހަނގުރާމަމަތީ މަތިންދާބޯޓުތައް ބައިވެރިވިކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *