Support Us

2022ގައި ދުނިޔޭގައި އަމާންކަމާއި ސަލާމަތްކަން އޮތް މިންވަރު

ދުނިޔޭގައި އަމާންކަމާއި ސަލާމަތްކަން އޮތް މިންވަރު ދައްކުވައިދޭ ޢަލަމީ ފާހަގަ (އިންޑެކްސް) ބުނާގޮތުގައި 2022 ގައި އެންމެ ރައްކައުތެރިކަން ބޮޑު އެންމެ އަމާންކަން ބޮޑު ސަރަޙައްދަކީ ޔޫރަޕެވެ. އެންމެ އަމާންކަން ބޮޑު 10 ޤައުމުގެ ތެރެއިން ހަތް ޤައުމަކީ ޔޫރަޕްގެ ޤައުމުތަކެވެ.

ޖީޕީއައި (އަމާންކަމުގެ މިންވަރު ދައްކުވައިދޭ ޢާލަމީ ފާހަގަ) އަކީ ވަރަށް ތަޖްރިބާކާރު ވަރަށް ފުންނާބުއުސް ބޭފުޅުންތަކެއް ހިމެނޭ ބައިނަލްއަޤްވާމީ ކޮމެޓީއަކުން އެކުލަވައިލައިފައިވާ މިންގަނޑެކެވެ. މި މިންގަނޑު އެކުލަވައިލެވިފައި ވަނީ މޭ 2009 ގައެވެ.

މި މިންގަނޑު އެކުލަވައިލުމުގެ މަސައްކަތް އިސްވެ ކުރެއްވީ އޮސްޓްރޭލިޔާގެ ފަންނިއްޔަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމުގައިވާ ސްޓީވް ކިލެލިޔާ އެވެ. އޭނާގެ މި މަސައްކަތްޕުޅު ބައްލަވައި މުރާޖަޢާ ކުރެއްވި ބޭފުޅުންގެ ތެރޭގައި އދގެ ކުރީގެ އަމީން ޢާންމު ކޯފީ އަނާނާއި ދެކުނު އެފްރިކާގެ މަޝްހޫރު ފާދިރީއެއް ކަމުގައިވާ ޑެޒްމަންޑް ޓޫޓޫއާއި 2008ވަނަ އަހަރު ޞުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންފައިވާ ފިންލެންޑްގެ ކުރީގެ ރައީސް މާޓީ އެހްތިސާރީއާއި އަޔަރލޭންޑްގެ ކުރީގެ ރައީސް މޭރީ ރޮބިންސަނާއި އެމެރިކާގެ ކުރީގެ ރައީސް ޖެމީ ކާޓަރާއި އދގެ އަމީންޢާންމުގެ ކުރީގެ ނައިބެއްކަމުގައިވާ ޔާން އިލްޔާސަން ހިމެނިވަޑައިގަންނަވައެވެ.

އަޅައިބެލުމުގެ ނަޒަރުން ބަލާއިރު ވޭތުވެދިޔަ ދަހަރުގެ ތެރޭގައި ދުނިޔޭގައި އަމާންކަމާއި ސުލްޙަމަސަލަސްކަން ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. އެއީ ގަޑުބަޑުތަކާއި އަނިޔާވެރިކަމާއި ބޭއިންސާފު ދުނިޔޭގައި އިތުރުވެ ފެތުރުމުގެ ސަބަބުންނެވެ.

ވަނަ ދެނީ ކިހިނެއް؟

ޢާލަމީ އަމާންކަމާއި ސަލާމަތާ ބެހޭ ވަނަތައް ހޮވުމުގައި މި އަހަރު 163 ޤައުމު ހިމަނައިފައި ވެއެވެ. ދުނިޔޭގެ އާބާދީގެ 99.7% މީހުން މި ކަމުގައި ޝާމިލުވެއެވެ. ސަލާމަތާއި އަމްނާ ބެހޭ ވަނަ ދަރަޖަ ކުރުމުގައި ތިން މައިދާނަކަށް އިސްކަންދީފައި ވެއެވެ. އެއީ މުޖްތަމަޢީ އަމްނާއި ސަލާމަތުގެ ފެންވަރާއި އަރާރުންތައް މެދުނުކެނޑި ހިނގަމުންދާ ފެންވަރާއި ޢަސްކަރީވުމުގެ ދަރަޖައެވެ.

މި ތިން ދާއިރާގައި މާކްސް ދިނުމުގައި ބަލައިފައި ވަނީ:-

  • މުޖްތަމަޢުގައި ޖަރީމާތައް ހިނގަމުންދާ މިންވަރު
  • އަމްނާއި ފުލުހުންގެ އޮފިސަރުންގެ ޙާލަތު
  • މާރާމާރީއާއި ޤަތުލުގެ ޖަރީމާތައް
  • ޖަލުގައި ތިބި ހައްޔަރީންގެ ޢަދަދު
  • ދާޚިލީ ގަނޑުބަޑުތައް
  • ހަރުކަށި މުޒާހާރާތައް
  • ހަރުކަށި ޖަރީމާތައް
  • ސިޔާސީ ހަމަނުޖެހުންތައް
  • ސިޔާސީ ނިރުބަވެރިކަން
  • ހަތިޔާރު އެތެރެކުރާ މިންވަރު
  • ނިރުބަވެރި ޙަރަކާތްތައް
  • ދާޚިލީ ހަމަނުޖެހުންތަކުގައި މަރުވާ މީހުންގެ ޢަދަދު
  • ޢަސްކަރީ ބޭނުންތަކަށް ކުރާ ހޭދަ
  • ސިފައިންގެ ޢަދަދު
  • ޞުލްޙަ ބެލެހެއްޓުމަށް ޓަކައި އދ އިން ކުރާ މަސައްކަތްތަކަށް ކުރާ ހޭދަ
  • ބަރު ހަތިޔާރާއި ނިޔުކްލިއަރ ހަތިޔާރު
  • ހަތިޔާރު ބޭރުކުރާ މިންވަރު
  • ރެފިޔުޖީންގެ ޢަދަދު
  • އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުން
  • ބޭރުގެ އަރާރުންތަކާ ހެދި މަރުވާ މީހުންގެ ޢަދަދު

2022ގެ ޢާލަމީ ސަލާމަތްތެރިކަމުގެ ނަތީޖާ (ދުނިޔޭގެ ވަނަ)

  1. އައިސްލެންޑް
  2. ނިވްޒީލެންޑް
  3. އަޔަލެންޑް
  4. ޑެންމާކް
  5. އޮސްޓްރިޔާ
  6. ޕޯޗްގަލް
  7. ސްލޮވީނިޔާ
  8. ޗެކް ޖުމްހޫރިއްޔަތު
  9. ސިންގަޕޫރު
  10. ޖަޕާން

ޢަރަބި ޤައުމުތަކުގެ ނަތީޖާ (ދުނިޔޭގެ ވަނަ)

23. ޤަޠަރު
39. ކުވައިތު
57. އުރްދުން
60. އެކުވެރި ޢަރަބި އިމާރާތު
64. ޢުމާން
74. މަޣްރިބު
85. ތޫނިސް
99. ބަޙްރައިނި
109. ޖަޒާއިރު
112. މޮރިޓޭނިޔާ

އެންމެ އަމާންކަން ކުޑަ 10 ޤައުމު (އެންމެ ފަހަތުން)

  1. އަފްޣާނިސްތާނު
  2. ޔަމަނު
  3. ސޫރިޔާ
  4. ރަޝިޔާ
  5. ދެކުނު ސޫދާނު
  6. ކޮންގޯ ރިޕަބްލިކް
  7. ޢިރާޤު
  8. ޞޫމާލް
  9. މެދުތެރޭ އެފްރިކާ ޖުމްހޫރިއްޔަތު
  10. ސޫދާނު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *