އެމެރިކާގެ ޕެންޓަންގެ ބޭފުޅުންތަކެއް ކްރެމްލިނަށް "މަރުއެތިފަހަރެއް" ފަދަ ޙަމަލާއެއް ދެއްވަން ބޭނުންފުޅުވާ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯވް މިއަދު ވިދާޅުވެއްޖެއެވެ. މިއީ ރައީސް ޕޫޓިން އަވަހާރަކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޓާސް އޭޖެންސީއާ ވާހަކަފުޅު ދައްކަވަމުން ލެވްރޯވް ވިދާޅުވިއެވެ. "އެންމެންނަށްވުރެ ކުރިން ޕެންޓަގަންގެ ބޭފުޅުންތަކެއް ވަނީ ކްރެމްލިނަށް މަރުގެ ޙަމަލާއެއް ދޭންޖެހިފައިވާ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. އޭނާ ސިފަކުރެއްވިގޮތުގައި މީގެ މަނައަކީ ރައީސް ޕޫޓިން އަވަހާރަކޮށްލުމެވެ." އޭނާ ވިދާޅުވިއެވެ. "މީހަކު މިފަދަ ކަމެއް ކުރާން ގޮވައިލާއިރު މިފަދަ ކަމެއް ކުރުމުގެ ނަތީޖާއާމެދު ވެސް ވިސްނައިލަން ޖެހޭނެއެވެ."
ލެވްރޯވް ވިދާޅުވި ގޮތުގައި ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ވާހަކަދައްކާއިރު މިކަމުގެ އެންމެ ރަނގަޅު މިސާލަކީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސް އެވެ. އެނާ އިންތިޚާބީ ޙަމަލާގެތެރޭގައި އެންމެންގެ ކުރިމަތީގައި ނިޔުކްލރ ޙަމަލާއެއް ދެއްވާން އަމުރުކުރައްވާން ތައްޔާރަށް ހުންނެވި ކަމަށް ވަނީ ވިދާޅުވެފައެވެ.
ލެވްރޯވް ވިދާޅުވިއެވެ. "ކިޔީވް ނިޒާމުގެ ޖެއްސުންކުރުންތަކާއި މަލާމާތްކުރުންތަކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ." އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވަނީ ރަޝިޔާއާ ދެކޮޅަށް "ރައްކައުތެރިކަމުގެ ނިޔުކްލިއަރ ޙަމަލާއެއް" ދޭން ޖެހިފައިވާ ކަން ނޭޓޯގެ ވެރީންގެ ވިސްނުންފުޅުގެ ތެރެއިން ވައްދަވައިފައެވެ. ލެވްރޯވް ސިފަކުރެއްވި ގޮތުގައި މިއީ "ބުއްދީގެ އިން ފަހަނަޅައި ދިޔުމެވެ."
އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ކުރީގެ މުޝީރު ޖޯން ބޯލްޓަން މި ދިޔަ އޮކްޓޯބަރު މަހު ވިދާޅުވެފައިވާ ގޮތުގައި ރަޝިޔާއިން ޔުކްރޭނުގައި ނިޔުކްލިއަރ ހަތިޔާރު ބޭނުންކޮށްފިނަމަ އެމެރިކާއިން ރޫސީ ރައީސް އަވަހާރަކޮށްލާން ޖެހޭނެއެވެ. ލެވްރޯވް ވިދާޅުވިގޮތުގައި މިއީ "ރައީސް ޕޫޓިން އަވަހާރަކޮށްލުމަށް ގޮވައިލާ ނޯޓެއްގައި ސޮއިކުރުން" ފަދަ ކަމެކެވެ. މި ގޮތަށް ބޯލްޓަން ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ އެލްބީސީ ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެމެރިކާގެ ޖުމްހޫރީ ޕާޓީގެ މަޝްހޫރު ސެނެޓަރެއް ކަމުގައިވާ ލިންޑްސީ ގްރެހަމް ވަނީ ޕޫޓިންގެ އަރިސް ބޭފުޅަކު މެދުވެރިކޮށް ރައީސް ޕޫޓިން އަވަހާރަކޮށްލުމަށް ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި ޕޫޓިން އަވަހާރަކޮށްލައިގެން ނޫނީ ހަނގުރާމައެއް ނުހުއްޓޭނެއެވެ. މިކަމަށް ޓަކައި "ބުރޫޓަސް" ފަދަ ގާތް ބޭފުޅަކަށް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ މި އިޝާރާތް ކުރައްވަނީ ރޯމަން އިމްބަރާޠޫރު ޖޫލިއަސް ސީޒަރުގެ ޤާތިލު ބުރޫޓަސް އަށެވެ. ސެނެޓަރ ގްރެހަމަކީ ދެކުނު ކެރޮލައިނާ ތަމްސީލު ކުރައްވާ ސެނެޓަރެވެ. އޭނާ ކާކުކަން ނޭނގޭމީހަކާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "ތިބާ ރައީސް ޕޫޓިން އަވަހާރަކޮށްލާކޮށްލުން ވާނީ ތިބާގެ ޤައުމަށާއި ދުނިޔެއަށް ކޮށްދޭ ވަރަށް އަގުބޮޑު ޚިދްމަތަކަށެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ރަޝިޔާގައި ބުރޫޓަސްއެއް އެބަ ހުރިބާވައެވެ."
އެމެރިކާގައި ހުންނަވާ ރޫސީ ސަފީރު އެނަޓޮލީ އެންޓޮނޯވް ވިދާޅުވިއެވެ. "މި ފަދަ ބަޔާންތަކަކީ ވަރަށް ހުތުރު ބުއްދިއަށް ބަލައިނުގަނެވޭނެ ބަޔާންތަކެކެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "މި ފަދަ ބަޔާންތަކުން ރޮސޮފޯބިޔާއާއި އެމެރިކާއިން ރަޝިޔާއަށް ކުރާ ނަފްރަތު ޙައްދުފަހަނަޅައިފައިވާ މިންވަރު އެނގެއެވެ."



advertisment