Support Us

ދިގު ކޮވިޑު ދަންނަންތަ؟

ތަހަންމަލުކުރަން ޖެހިފައި ތިވާ އުނގަދޫތަކަކީ ދިގު ކޮވިޑް (ލޯންގް ކޮވިޑް) ނުވަތަ ޕޯސްޓް ކޮވިޑް ކޮންޑިޝަން ކަމަށް ވެދާނެއެވެ. އެއީ ކޮވިޑް ޖެހުމަށްފަހު އެތައް މަސްތަކެއް ވަންދެންވާ އުނދަގޫތަކެކެވެ ޖިސްމާނީ، ނަފްސާނީ ނުވަތަ އިޖުތިމާޢީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމެކެވެ. އެކަމުގެ އަލާމާތްތައް ފެންނަ މީހުން ވަރަށް ގިނައެވެ. ދިގު ކޮވިޑް ޖެހެނީ ބައެއް މީހުންނަށެވެ. ދިގުދެމިގެންދާ ގޮތަށް ކޮވިޑް ޖެހެނީ ކީއްވެގެން ކަމެއް އަދިވެސް ހޯދިފައެއް ނުވެއެވެ.

ދިގު ކޮވިޑުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ބަޔަކީ ކުޑަކުދީންނެވެ. ދިގު ކޮވިޑުގެ ސަބަބުން ސްކޫލުން ދޭ ފިލާވަޅުތައް ހެދުމުގައާއި ހަވާލުކުރާ މަސައްކަތްތައް ނިންމުމުގައި އަދި ކުޅިވަރު ކުޅެ ހެލިފެލިވެ އުޅުމުގައި ތަފާތުކަން ފާހަގަކުރެވޭނެއެވެ. އެންމެ ބޮޑަށް އަސަރުކުރާނީ ދުވަހުން ދުވަހަށް ކުރާ ކަންތައްތައް ކުރުމުގެ ޤާބިލުކަމަށެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި އަލާމާތްތައް ތަންކޮޅެއް ތަފާތުކޮށް ފެނިދާނެ އެވެ. ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ މި އަލާމާތްތަކުގެ ތެރޭގައި ހައްޓަށް ބުރަވާ ކަމެއް ތަހައްމަލު ނުކުރެވުމާއި، މޭ ފިތިފައި ހުންނަ ކަހަކަ އިހުސާސެއް ކުރެވުމާއި މެއަށް ބާރުވެ ހާސްކަން އިހުސާސްވުމާއި ނޭވާލާން އުނދަގޫވުމާއި، ވިސްނުމަށް ދަތިވުން ފަދަ ކަންކަން ހިމެނެއެވެ. ބައެއް މީހުންގެ ބޮލުން ގިނަ އަދަދަކަށް އިސްތަށި ފޭބުމާއި ބަރުދަން ލުއިވުމަކީ ވާކަމެކެވެ. އަދި ވަސް ނުދުވުމާއި ރަހަ ނުލުމުގެ އިހުސާސް ދިގުދެމިގެންދެއެވެ.

އެންމެން ދަންނަ ހަގީގަތަކީ ކޮވިޑް-19 ފެތުރު އާބާދީތަކުގައި ދިރިއުޅޭ މީހުންނަށް ކުރިން ތަހަންމަލު ކުރަން ނުޖެހޭ އެތައްއެތައް ތަކުލީފުތަކެއް ތަހަންމަލު ކުރަން ޖެހިފައިވުމެވެ. މީގެ ތެރޭގައި ކުޑަކދިން ވެސް ހިމެނެއެވެ. ކޮވިޑް ޖެހުނު ކުދިންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ކުޑަ ކުދިންނަށް ދިގު ކޮވިޑުގެ އަލާމާތްތައް ތަހައްމަލު ކުރަން ޖެހިފައިވާކަމީ ހަގީގެކެވެ.

މަސްދަރު: ޑަބްލިޔު.އެޗް.އޯ ވެބްސައިޓް

މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *