Support Us

ފަހުން ގެނައި 10 ކުއްތާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށައިފި

ފުލުހުންގެ ޑޯގް ސްކޮޑަށް އެންމެ ފަހުން ގެނައި 10 ކުއްތާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށައިފިއެވެ.

މި ކުއްތާތަކަކީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމަށް ހާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެއް ކަމަށް ފުލުހުން ބުނެއެވެ. މި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ކުއްތާތައް ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހުން ވަނީ ތަމްރީނުކޮށްފައެވެ.

މި އަހަރުގެ ޖުލައި މަހު ރާއްޖެ ގެނައި މި ކުއްތާތައް އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ ހުސްވި ނޮވެމްބަރުމަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަލަށް ގެނައި 10 ކުއްތާއާއެކު ފުލުހުންގެ ޑޯގް ސްކޮޑުގައި މިހާރު ބޭނުންކުރަމުންގެންދަނީ 25 ކުއްތާއެވެ.

ޓެރަރިޒަމް އޮޕަރޭޝަންތަކުގެ އިތުރުން އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތަކާއި ކަސްޓަމްސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެެންޓުތަކުގައިވެސް ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކުރަމުންގެންދާ ކަމަށް ފުލުހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *