Support Us

ދައުލަތުގެ އިނާމު މި އަހަރު ނުދެއްވާނެ

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން މިއަހަރު އިނާމު ދެއްވުމަށް މި ޑިސެންބަރު މަހު ބާއްވަން ހަމަޖެއްސި ޖަލްސާ މި އަހަރު ނުބާއްވަން ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި މި ޖަލްސާ ބާއްވާނީ އަންނަ އަހަރުގެ ފެބުރުވަރީމަހުގެ 16 ވަނަ ދުވަހުގެ ރޭގައެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ. މި އިނާމު ދެއްވަން ފެއްޓެވީ މިދިޔަ އަހަރު އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރުމުގެ އިނާމަށް އެދި މި އަހަރު 110 ބޭފުޅަކު ނަން ހުށަހަޅުއްވައިފައިވެއެވެ. އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *