...

Support Us

ސަމަރޭ އަވަހާރަވެއްޖެ

ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) މިއަދު އަވަހާރަވެއްޖެއެވެ. ސަމަރޭ، 72، އަވަހާރަވީ، ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ސަމަރޭ އަވަހާރަވިއިރު، ތިން ދަރިކަނބަލުން އެބަތިއްބެވިއެވެ.

ވަޒީރުންގެ މަޖިލިސްގެ މެމްބަރުކަމުގެ އިތުރުން ސަމަރޭ ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއަރމަންކަން ވެސް ކުރައްވައިފައެވެ.

އިބްރާހީމް މަނިކުގެ ގަައުމީ ޚިދުމަތްތަކުގެ ތެރެއިން…

  • މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރ، 11 ނޮވެންބަރު 1993 އިން 6 ނޮވެންބަރު 1996 އަށް
  • މިނިސްޓަރ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ، 6 ނޮވެމްބަރު 1996 އިން 13 ސެޕްޓެމްބަރު 1996 އަށް
  • މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، 13 ސެޕްޓެމްބަރު 1996 އިން 14 ޖުލައި 2005 އަށް
  • ކޮމިއުނިޓީ އޯގަނަައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއަރމަން (ވަޒީރުންގެ ފެންވަރުގައި) 14 ޖުލައި 2005 އިން 11 ނޮވެމްބަރު 2008 އަށް (ވީމާ ވަޒީރު ކަމުގެ 15 އަހަރު)
  • ރައްޔިތުންގެ މަޖިލިސްގެ ތިލަދުންމަތީ އުތުރުބުރީގެ މެންބަރު 2010 (2 ދައުރުގައި 10 އަހަރު)
  • ދިވެހިރާއްޖޭގެއަޑުގެ ވެރިޔާ، ޑެޕިއުޓީ ޑިރެކްޓަރ، ޑިރެކްޓަރ 1980 – 1989
  • ޑިރެކްޓަރ ޖެނެރަލް އޮފް ބްރޯޑްކާސްޓިންގ (ދައުލަތުގެ ރޭޑިއޯ/ ޓީވީ އިސްވެރިޔާ) 1989 އިން 1993 އަށް
  • ދިވެހިރާއްޖޭގެ ބްރޯޑުކާސްޓުގެ ދާއިރާގެ އެންމެ ޚިދުމަތްތެރި ތަޖުރިބާކާރު އަދި އިސްވެރިޔާ 1980 އިން 2004 އަށް (25 ވަރަކަށް އަހަރު)

އިބްރާހީމް މަނިކާއި އަޑު

މުޅި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް ވަގުތުން ވަގުތަށް ޚިދުމަތް ލިބެން ފެށި ހަމައެކަނި މީޑިއާއަކީ އަދި މުއާސަލާތުގެ ވަސީލަތަކީ ދިވެހިރާއްޖޭގެ އަޑު. މިއީ ދިވެހިރާއްޖޭގެ އަޑަށް ލިބިފައިވާ އެންމެ ބޮޑު ތާރީޚީ ޝަރަފާއި ފަޚުރު.

  • ރާއްޖޭގެ އާންމު ހޭލުންތެރިކަމާއި ރައްޔިތުންގެ ފައިދާއާ ކުރިއެރުމަށް އެންމެ ގިނަގުނަ ޚިދުމަތްތަކެއް ގައުމީ ގޮތުން، އަދާކޮށްފައިވާ މީޑިއާއަކީ ދިވެހިރާއްޖޭގެ އަޑު
  • ރާއްޖެއާއި ދުނިޔޭގެ ޚަބަރާއި މައުލޫމާތާއި، ދީނީ، ގައުމީ، ތައުލީމީ، ސިއްހީ، އިޖުތިމާއީ، ބަހަވީ، އަދަބީ، ސަގާފީ، އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ރޮނގުތަކުން ދިވެހިރާއްޖޭގެއަޑުން ކޮށްފައިވާ ގައުމީ ޚިދުމަތްތަކާއި އަދާކޮށްފައިވާ ގައުމީ ދައުރަކީ ދިވެހި ތާރީޚުގައި ލާމަސީލު ނަމޫނާއެއް.
  • ގައުމީ މުނާސަބަތުތަކާއި އިހުތިފާލުތައް ފާހަގަކުރުމުގައާއި އެ ކަންކަން ރައްޔިތުންނަށް ވަގުތުން ގެނެސްދިނުމުގައި އެންމެބޮޑު ދައުރެއް އަދާކޮށްފައިވާ މީޑިއާއަކީވެސް ދިވެހިރާއްޖޭގެއަޑު

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް