Support Us

ހޯމް މިނިސްޓަރުގެ ނައިބަކަށް އަޝްރަފު

މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ގއ. ނިލަންދޫ، ލިލީމާގޭ، އަޝްރަފް ޢަލީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

އަޝްރަފް ޢަލީ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗަރ ހާޞިލްކުރައްވާފައެވެ.

މި މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް ޢަލީ ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗަރގެ ޑީންގެ މަޤާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަޤާމާއި، ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަޤާމު ފަދަ މަޤާމުތައް ފުރުއްވާފައެވެ. މީގެ އިތުރުން އަޝްރަފް ޢަލީއަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވާފައެވެ.