Support Us

"ވުނަދާނަ ފެސްޓިވަލް 2022″ ފަށައިފި

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް މިފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޚާއްޞަކޮށްގެން ބާއްވާ "ވުނަދާނަ ފެސްޓިވަލް 2022″ މިއަދު ފަށައިފިއެވެ.

ހެދިގޮނޑުދޮށުގައި ކުރިއަށްދާ މި ފެސްޓިވަލް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހަވީރު ޒިޔާރަތްކުރެއްވިއެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ މި ފެސްޓިވަލްގައި ބަހައްޓާފައި ހުރި އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރިޔަށްގެންދާ މި ފެސްޓިވަލްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ޖުމްލަ 60 ވިޔަފާރިއެއް ބައިވެރިވާއިރު މިއީ އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެތަންތަނުގެ އުފެއްދުންތައް މާކެޓްކުރުމަށް ވެސް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ. އެއްދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ މި ހަރަކާތުގައި ދަޢުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ވެސް ބައިވެރިވެ އެތަންތަނުން ފޯރުކޮށްދޭ ވިޔަފާރިއާ ގުޅުންހުރި ޚިދުމަތްތަކާ ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުންފަދަ ހަރަކާތްތައް ވެސް ކުރިޔަށްގެންދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *