Support Us

ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޝްރޫޢު: ޢިލްމު އިންސްޓިޓިއުޓުން ފަށާ އުންމީދީ މަޝްރޫއެއް

ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤްޞަދުގައި، ޢިލްމު އިންސްޓިޓިއުޓުން ފަށާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އަމާޒަކީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މުޤައްރަރެއްގެ ތެރެއިން، މަރުޙަލާތަކަކަށް ބަހާލެވިގެން ފަރުމާ ކުރެވިފައިވާ މުޅި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، ފަސޭހައިން ޢަރަބި ބަހުން މުޢާމަލާތުކުރަން ދަންނަ ބަޔަކަށް ހެދުމާ އެކު، ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުގެ މާނަ ފަސޭހަކަމާ އެކު ދެނެގަތުމުގެ ޤާބިލުކަން ހުރި ޖީލެއް ބިނާކުރުމެވެ.

ކިޔަވައިދިނުން ކުރިއަށް ގެންދާނެ ގޮތް

މި ޕްރޮގްރާމްގައި ކިޔަވައި ދިނުން އެއްކޮށްހެން ކުރިއަށް ގެންދާނީ ޢަރަބި ބަހުންނެވެ. މިޕްރޮގްރާމުގައި ހަމައެކަނި ފޮތްބައެއް ނިންމާލަން އުޅުމުގެ ބަދަލުގައި އަޅުގަނޑުމެން އިސްކަންދޭނީ އެދަރިވަރަކު ކިޔަވަމުން ދާ މަރުޙަލާއެއްގައި ޙާޞިލު ވާން ޖެހޭ ބަހުގެ ހުނަރުތައް އެންމެ ރަނގަޅަށް ޙާޞިލުވެގެން އަނެއް މަރުޙަލާއަށް ބަދަލުވެ، ޕްރޮގްރާމް އެއްކޮށް ނިންމާލުމަށެވެ.

މުޅި ޕްރޮގްރާމް ނިމޭއިރު ޙާޞިލުވާނެ ނަތީޖާ

މުޅި ޕްރޮގްރާމް ނިމޭއިރު، ޢަރަބި ބަހުން މުޢާމަލާތް ކުރުމާއި ޢަރަބި ބަހުން ލިޔެވިފައިވާ ތަކެތި ފަހުމްވުމަށް ބޭނުންވާ އެންމެހާ ހުނަރުތަކެއް ދަރިވަރުންނަށް ރަނގަޅަށް ޙާޞިލު ކުރެވޭނެއެވެ. މިއާއެކު، ދަރިވަރުން ވާނީ ޢަރަބި ބަސް ނުވަތަ އެބަހާ ގުޅިފައިވާ އެކިއެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ހަމަ އެހެންމެ ޢަރަބި ބަހުން އޯ ލެވެލް އިމްތިޙާނު ހަދަން ބޭނުންވެއްޖެ ދަރިވަރަކަށް އެ އިމްތިޙާނު ހަދައި، މަތީ ނަތީޖާއެއް ހޯދޭ ފެންވަރު އެކުދިންގެ ކިބައިގައި ހުންނާނެއެވެ.

އަމާޒުކުރެވޭ އުމުރުފުރާ

މި ޕްރޮގްރާމް އަމާޒުކުރެވޭނީ 7 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ މަދަރުސީ ތަޢުލީލމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ.
ދަރިވަރު ޕްރޮގްރާމް ފެށުމަށްފަހު އެދަރިވަރުގެ އުމުރު 16 އަހަރު ފުރުނު ނަމަވެސް އެދަރިވަރަކަށް ޕްރޮގްރާމް ނިންމުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ. އަދި 16 އަހަރު ފުރޭ ދަރިވަރުން، އަޅުގަނޑުމެންގެ އެމް.ކިޔު.އޭ ޢަރަބި ކޯސްތަކަށް ބަދަލުވާން އެދޭ ނަމަ، އެ ފުރުސަތު މަގުފަހި ކޮށްދެވޭނެއެވެ.

ކުލާސްތައް ކުރިޔަށްދާނެ ގޮތާއި ގަޑިތައް

ކުލާސްތައް ކުރިޔަށްގެންދެވޭނީ، ހަފްތާއަކު ފަސް ދުވަހު، ހެނދުނު ދަންފަޅިއާއި މެންދުރުފަހު ދަންފަޅިއަށް ބަހާލައިގެން ކުލާހަށް ހާޒިރު ވެގެންނެވެ. ހެނދުނު ދަންފަޅި އަމާޒުކުރުވެނީ މެންދުރުފަހު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށެވެ. އަދި މެންދުރުފަހު ދަންފަޅި އަމާޒުކުރެވެނީ ހެނދުނު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށެވެ.

ދަރިވަރު ކިޔަވަން ހާޒިރުވާނެ ސީދާ ދުވަސްތަކާއި ގަޑިތައް ކަނޑައެޅިގެންދާނީ، ފެންވަރު ވަޒަންކުރުމުގެ އިމްތިޙާނު ނިމުމުންނެވެ.

ކުލާހުގެ ފީ

މަހަކަށް 800 ރުފިޔާ.

އިތުރު މަޢުލޫމާތު

ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އިލްމް އިންސްޓިޓިއުޓްގެ ހޮޓްލައިން: 7707997

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *