21:30
ވަގުންގެ އުނދަގޫ ބޮޑުވެގެން، މުޅި ކެޔޮގަނޑުގައި "ވަގާ" ޖަހައިގެން އުޅެނިކޮށްވެސް، ރޭ ވަގަށް ގެންދިޔަ އައްޑޫސިޓީ މަރަދޫ ދަނޑުވެރިޔާގެ ކެޔޮގަނޑު ފުލުހުން ގެންގޮސް ވެރިފަރާތާ ހަވާލުކޮށްފިއެވެ.
މަރަދޫ ބޮޑުމަގުގައި ހުންނަ އެ ގޭގެ މީހަކު ދެންމެ ބުނި ގޮތުގައި ގަން ޕޮލިސް ސްޓޭޝަނުން އެ ކެޔޮގަނޑު އެ ގެއާ ހަވާލުކުރީ، ރޭގެ ވަގުތެއްގައި އެ ކެޔޮގަނޑު ވަގަށް ނަގައިގެން ގެންގޮސް ބަޔަކަށް ވިއްކާލައިފައި އޮއްވައި، އެއީ ވަގު ކެޔޮގަނޑެއްކަން ގަތް މީހުންނަށް އެނގިގެން، ފުލުހުންނާ ހަވާލުކުރުމުންނެވެ.
"Vagaa" keyogandu fenijje pic.twitter.com/oNYtQuvWc0
— adhives.mv (@AdhivesOnline) October 11, 2022
"ފުލުހުން ގުޅައިފައި ބުނީ ތިގޭ ކެޔޮގަނޑެއްހޭ ގެއްލިގެން ތި އުޅެނީ؟ އާނއެކޭ ބުނުމުން ފުލުހުން ދެންމެ އައިސް ކެޔޮގަނޑު މިގެއާ ހަވާލުކޮށްފި،" އޭނާ ބުންޏެވެ. "ކެޔޮގަނޑު ހަމަ ފައްކާ. އެންމެ ވަކެއް ވެސް މަދެއްނޫން."
"ވަގާ" ކެޔޮގަނޑު ކަނޑާލައިގެން ގެންގޮސްފިhttps://t.co/COUiyiClb9
— adhives.mv (@AdhivesOnline) October 11, 2022



advertisment