Support Us

އިންޑިއާ އަށާއި މެލޭޝިޔާއަށް ސަފީރުން އައްޔަންކުރައްވައިފި

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ. ޖެހޭވައި، އިބްރާހީމް ޝަހީބު އަދި މެލޭޝިޔާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ. މާލޭތިލަ، ޢަލީ ޙުސައިންދީދީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަނުކުރައްވައި އެ ދެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

މީގެ ތެރެއިން އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.

ޢަލީ ޙުސައިންދީދީއަކީ އިނގިރޭސިވިލާތުގެ ލޯބޮރޯ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން ޕީ.ޖީ ޑިޕްލޮމާ މާސްޓަރސް ޕްރޮގްރާމް، ޓްރާންސްޕޯޓް މެނޭޖްމަންޓް އެންޑް ޕްލޭނިންގ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަޤާމާއި މާލެ ސިޓީގެ ކައުންސިލްގެ ރައީސްގެ މަޤާމާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން ޢަލީ ޙުސައިންދީދީއަކީ މީގެ ކުރިންވެސް ދިވެހިރާއްޖެއިން، ސްރީލަންކާއަށާއި ބެލްޖިއަމް ފަދަ ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ޢަލީ ޙުސައިންދީދީ ދިވެހިރާއްޖެއިން، މެލޭޝިޔާއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ދަ މޯލްޑިވްސް ކޯޕަރޭޝަންގެ ރައީސްގެ މަޤާމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *