Support Us

ބަހްރެއިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ސެކްރެޓަރީ ޖެނެރަލާ މެޑަމް ފަޒުނާ ބައްދަލުކުރައްވައިފި

ބަހްރެއިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ސެކްރެޓަރީ ޖެނެރަލް ޙާލާ މުޙައްމަދު ޖަބިރް އަލް-އަންޞާރީއާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ސެކްރެޓަރީ ޖެނެރަލް ވަނީ އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ހަމަ އެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަށް ބޭނުންވާ ކަންކަމުގައާއި އަންހެނުންގެ ފުރިހަމަ ޤާބިލުކަން ބޭރަށް އަންގައިދިނުމުގައި އަދި އެމީހުންގެ ފަރާތުން ފުޅާދާއިރާއެއްގައި މުޖުތަމަޢަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ މަގުތައް ހޯދައިދުނުމުގައި ސުޕްރީމް ކައުންސިލުން އަދާކުރަމުންދާ ދައުރާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަކީ، ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެއްކަން ފާހަގަކުރައްވައި، އެކަމަނާއަކީ ވެސް މި ދާއިރާއަށް ނުހަނު ޝައުޤުވެރިކަން ހުންނަ ބޭފުޅެއް ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ސެކްރެޓަރީ ޖެނެރަލް ވަނީ އަންހެން ކުދިންނާއި، އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ޝައުޤުވެރިވާކަން ފާޅުކުރައްވާފައެވެ.

"ސުޕްރީމް ކައުންސިލް ފޮރ ވިމެން" ކައުންސިލް ވުޖޫދުވީ 22 އޮގަސްޓް 2001 ވަނަ އަހަރު ގައެވެ. މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވަނީ ހަރ ރޯޔަލް ހައިނެސް ޕްރިންސެސް ސަބީކާ ބިންތް އިބްރާހީމް އަލް-ޚަލީފާއެވެ. އަދި، މި ކައުންސިލްގައި އަންހެނުންގެ ކަންކަމާއި ގުޅުން ހުރި އެކި މަސައްކަތްތައްކުރުމަށާއި، ޢާންމުންގެ ތެރެއިން އަންހެނުން ތަމްޞީލުކުރުމަށް ތަޖުރިބާ ލިބިފައިވާ 16 އަންހެން މެންބަރުންނަށް ވުރެ މަދު ނޫން ޢަދަދަކަށް މެންބަރުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *