Support Us

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަޙްރައިނަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހަވީރު އެ ޤައުމަށް ވަޑައިގެންފިއެވެ.

ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ބަޙްރައިން އެއަރޕޯޓުން މަރުޙަބާ ދެންނެވުމުގެ ގޮތުން ބަޙްރައިން ޑިފެންސް ފޯސްގެ ފަރާތުން ވަނީ އެ ދެކަނބަލުންގެ ޝަރަފުގައި އޮނަރ ގާޑެއް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ސަރުކާރުގެ މަތީފަންތީގެ ވަފްދުގެ ބޭފުޅުންނަށް ބަޙްރައިން އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީއާއި ބަޙްރައިންގެ ޝާހީ ޢާއިލާގެ މެންބަރެއް ކަމުގައިވާ އަދި ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ބޯޑު މެންބަރ ޝެއިޚާ ހެސާ ބިންތް ޚަލީފާ އަލް ޚަލީފާއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބަޙްރައިންގެ ބައެއް އިއްޒަތްތެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ގޮތުން ރަސްމީގޮތުން މަޝްވަރާކުރެއްވުމަށާއި، ދެ ޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *