Support Us

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު

މިއީ ކުރީ އަހަރުތަކަށްވުރެ މާ ކާމިޔާބު ނަތީޖާތަކެއް: ރަޝީދު

މި ފަހަރުގެ އިންތިހާނުގައި ދަރިވަރުން ހޯދި ނަތީޖާތަކަކީ ކުރީ އަހަރުތަކުގެ ނަތީޖާ އަށްވުރެ މާ މޮޅު، މާ ކާމިޔާބު ނަތީޖާތަކެއް ކަމުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މަތީ ސާނަވީ ދަރިވަރުންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރަޝީދު ވިދާޅުވީ މިދިޔަ އަހަރަކީ "މި ސްކޫލްގެ "ޓްރެކް ރެކޯޑު" ދައްކާ ގޮތުން، އެންމެ ފަޚުރުވެރި ނަތީޖާ ހޯދި އަހަރު" ކަމަށެވެ.

ރަޝީދު ވިދާޅުވީ އަޙްމަދިއްޔާގެ ކާމިޔާބީގެ މުގުލަކީ ޓީޗަރުންކަމާއި ކިޔަވައިދިނުމަކީ ޓީޗަރުންގެ ހަމައެކަނި "ޕެޝަން" އޭ ވިދާޅުވެވެން ނެތް ކަމަށެވެ.

"ކިޔަވައިދިނުމަކީ ޓީޗަރުން، އެންމެ ގިނަ ވަގުތާއި ހަކަތަ، ހޭދަކުރައްވާ، އެންމެ މުހިންމު މަސައްކަތްކަމީ ޝައްކެއް އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ. "އަޙުމަދިއްޔާގެ ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގައި ވެސް، އިތުރު ކާމިޔާބީ ހޯއްދަވައި ދެއްވަން، ޓީޗަރުން ކުރައްވާ ބުރަ މަސައްކަތަކީ، ޖުމްލަ ތަކަކުން އަޅުގަނޑަށް، ޝުކުރު ދެންނެވޭ ވަރަށްވުރެ، މާ މަތިވެރި ޚިދުމަތެއް. ތިޔައީ، މި ސްކޫލުގެ ނަން، ދުނިޔެއާއި ރާއްޖޭގެ ފަޒާގައި، ވިދުވައިދޭ ބޭފުޅުން. އެހެންކަމުން، މި އުފާވެރި މަޤާމުގާ ހުއްޓިހުރެ، ތިޔަ ލޮބުވެތި ޓީޗަރުންނަށް، ހިތުގެ ޢުމްޤުން، ޝުކުރު ދަންނަވަން."

އަޙްމަދިއްޔާގެ މަތީ ސާނަވީއަށް އަށް ކިޔަވައިދޭ ބައެއް މުދައްރިސުން -ފޮޓޯ: އަހުމަދިއްޔާ

ދަރިވަރުންނާ މުޚާޠަބްކުރައްވައި ޕްރިންސިޕަލް ވިދާޅުވީ މި ވަގުތަކީ، ޕްރިންސިޕަލްގެ ހިތްޕުޅަށް ވެސް، ވަރަށް ތަފާތު ޝުޢޫރުތަކެއް، ވެރިވަމުންދާ ވަގުތެއްކަމާއި އަޙުމަދިއްޔާގައި ތިޔަކުދިން، ތަޢުލީމު ޙާޞިލްކުރަން، ތިޔަ ވޭތުކުރި އަހަރުތަކުގައި ސްކޫލް މިވަނީ، ތިޔަ ކުދިންގެ ޙަޔާތުގެ ޚާއްޞަ ހަނދާނަކަށް، އުފަލަކަށް ވެފައި ކަމުގައެވެ. 

"މިއީ ތިޔަ ކުދިންގެ އުފާވެރި "ގެ"އެކޭ އެއްފަދައިން ބެލި ހިޔާވައްސެއް. ތިޔަ ކުދިންގެ ދެވަނަ ބެލެނިވެރިންނަށްވީ، މި ތިއްބެވި ލޮބުވެތި ޓީޗަރުން،" ރަޝީދު ވިދާޅުވިއެވެ. " މިއީ، ތިޔަ ކުދިން، މި ސްކޫލު ނިންމައި، ދެން އޮތް ތަޢުލީމީ މަރުޙަލާއަށް، ބަދަލުވާ ވަގުތު. އެހެންކަމުން، އެ ފަޅުކަމުގެ އިޙުސާސް، މިރޭ ޕްރިންސިޕަލަށް ވެސް، ޓީޗަރުންނަށް ވެސް އެބަ ކުރެވޭ. މި ފަޅުކަމާއި ދެރަ، ހިތަށް ތަދު ކުރަމުން އަންނައިރު، އެފަޅުކަމުގެ މައްޗަށް ތަސައްލީދީ، އަލިކޮށްދެނީ، އަނެއްކާވެސް، ކާމިޔާބު، މޮޅު ދަރިވަރުން ތަކެއް، މި ފުރާޅުގެ ދަށުން، ބިނާ ކުރެވުމުގެ އުފާ."

އަޙްމަދިއްޔާގެ މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުން – -ފޮޓޯ: އަހުމަދިއްޔާ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔައީ މިގައުމުގެ ޕްރިންސިޕަލުންގެ ޕްރިންސިޕަލް މާހިރުގެ ދަރިވަރެއް. މިއީ އެއްވެސް ޕުރިންސިޕަލަކަށް ކުޑައިމީސް ބަހެއް ނޫން. އަހުމަދިއްޔާގެ ތަފާތަކީ ސުކޫލުގެ ގަވާޢިދު ތަންފީޒު ކުރުމާ އަޚުލާގު ދެމެހެއްޓުން. ވަޒީރު ބޭފުޅެއްގެ ދަރިއަކަށްވީމާ ވަކިގޮތެއް އާދައިގެ މީހެއްގެ ދަރިއެއް ވީމާ ވަކި ގޮތެއް ނޯންނާނެ.ހަމަހަމަ ވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *