Support Us

ނަފްޙާއާއެކު ޕްރިންސިޕަލް މުޙައްމަދު ރަޝީދާއި ޑރ. ޢަބްދުﷲ ރަޝީދު (ވ) -ފޮޓޯ: އަހުމަދިއްޔާ

އަޙްމަދިއްޔާގެ މަތީ ސާނަވީގެ އެންމެ މޮޅު ދަރިވަރަކަށް ނަފްޙާ މޫސާ

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2020 ވަނަ އަހަރުގެ މަތީ ސާނަވީގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާޠިމަތު ނަފްޙާ ހޮވައި އިނާމު ދީފިއެވެ. އަޙްމަދިއްޔާގެ މި އަހަރުގެ އިނާމު ދިނުމުގެ ހަފްލާގައި އެންމެ މޮޅު ދަރިވަރަށް އިނާމުތަކާއި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދެވެ.

މިދިޔަ އަހަރު ބޭއްވި އެޗް.އެސް.ސީ. އިމްތިޙާނާ އެޑެކްސެލް އޭ.ލެވެލް އިމްތިޙާނު ތަކުގައި، އަޙްމަދިއްޔާގެ 178 ދަރިވަރުން ބައިވެރިވެ ތާރީޚީ  މޮޅު ނަތީޖާތަކެއް ހާޞިލް ކޮށްފައިވާ ކަމަށް އެ ސްކޫލުން ބުނެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ އޭ.ލެވެލްގެ ގައުމީ ގަދަ ދިހައެއްގައި އަޙްމަދިއްޔާގެ 50 ދަރިވަރުން ވަނީ ހިމެނިފައެވެ.

އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި އަޙްމަދިއްޔާގެ 11 ދަރިވަރަކު ވަނީ ހިމެނިފައިވެއެވެ. އެއީ އަޙްމަދު ރަސަލް ތަސްލީމް، (އެކައުންޓިންގ އަދި  ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ)، ފާތިމަތު މާޔާ ނަސްރުﷲ (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ)، މުޙައްމަދު ރަޒާން އަޙްމަދު (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ)، އަޙްމަދު އަލާން (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ)، ފާތިމަތު މިދުހާ (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ)، އަޙްމަދު އަޝްހަމް އާދިލް (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ)، އަޙްމަދު ރަފްޙާން ފާއިޒް (ފިޒިކްސް އިން މުޅި ދުނިޔެއިން 2 ވަނަ، މެތަމެޓިކްސް އިން މުޅި ދުނިޔެއިން 4 ވަނަ އަދި ކެމިސްޓްރީ އިން މުޅި ދުނިޔެއިން 6 ވަނަ)، އަދި ޢާއިޝަތު ލީން މައުސޫމް (ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 5 ވަނަ) އެވެ. މީގެ ތެރެއިން އަޙްމަދު ރަފްޙާން ފާއިޒް ވަނީ އެޑެކްސެލްގެ ގްރޭޑް ޕްރިޒް އެވޯޑް ހާސިލްކޮށްފައެވެ.

އަހްމަދިއްޔާގެ 12 ދަރިވަރަކު ވަނީ ދިވެހި ސަރުކާރުގެ ހައި އެޗީވާރސް ސްކޮލަޝިޕް ކާމިޔާބުކޮށްފައެވެ. އެ ދަރިވަރުންނަކީ އަޙްމަދު އަލާން، އަޙްމަދު ރަފްހާން ފާއިޒު، އަޙްމަދު ރަސަލް ތަސްލީމް، ފާތިމަތު މާޔާ ނަސްރުﷲ، ހަސްނާ ޢަލީ، މުޙައްމަދު އައިލަމް ޙުސައިން، މުޙައްމަދު ހަމްދާން އަޙްމަދު، މުޙައްމަދު ރަޒާން އަޙްމަދު، ނަފްޙާ މޫސާ، ސަހްނަތު ސަފިއްޔާ، ޙަސަން ޙަމީދު އަދި ޢައިޝަތު ލީން މައުސޫމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *