...

Support Us

ޘަޤާފީ މަސައްކަތްތަކާ ގުޅޭ މައުރަޒު ނައިބު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވަައިދެއްވައިފި

ބައިނަލް އަޤުވާމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޘަޤާފީ މަސަައްކަތްތެރިކަމާ ގުޅޭ މައުރަޒު "ޘަޤާފީ މަސައްކަތް ދިރުވުން" ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ހުޅުއްވައި ދެއްވައިފިއެވެ. މިމައުރަޒު ކުރިޔަށް ދަނީ ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލުގައެެވެ.

މައުރަޒު ހުޅުއްވައިދެއްވުމަށް ފަހުގައި ނައިބު ރައީސް ވަނި މައުރަޒު ބައްލަވާލައްވާފައެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ޘަޤާފީ މަސައްކަތްތެރި ކަމުގެ މައުރަޒުގައި ވަނީ ދިވެހިންގެ ޘަޤާފީ މަސައްކަތްތަކާއި ދިވެހިންގެ އުފެއްދުންތެރިކަމުގެ ބައެއް ތަކެތި ދައްކާލަން ބަހައްޓާފައެވެ. މިގޮތުން ކަނބުރުވެރިކަމާއި ވަޑާމުގެ މަސައްކަތާއި ކަސަބުވިޔުމާއި ރޯނުވެށުން ފަދަ މަސައްކަތްތައް ކުރިޔަށްދާގޮތް ވެސް ދައްކާލާފައިވެއެވެ.

މި މައުރަޒުގެ މަޤުޞަދަކީ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކޮށް، އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އަގުހުރި ހުނަރާއި ޢިލްމު ލިބިގަތުމުގެ ފުރުޞަތު، ޒުވާނުނަށް ހޯދައިދިނުމެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ބާއްވާ މިމައުރަޒު ހުޅުއްވައިދެއްވުމުގެ ކުރިން، ނައިބު ރައީސް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ހުރި ގޮތް ބައްލަވާލައްވައި ބަލި މީހުންނާ ބައްދަލުކޮށްލެއްވިއެވެ. އަދި ހޮސްޕިޓަލްގެ ތަރައްޤީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައި ހޮސްޕިޓަލްގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތީ ވަރަށް ރަނގަޅު ޓީމެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އެ ސަރަހައްދުގެ އެންމެ މުހިއްމު ހޮސްޕިޓަލަށް ވާއިރު، ރަށުން ބޭރުން ހޮސްޕިޓަލަށް ޚިދުމަތްތައް ހޯދަން ދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަަށް ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *