Support Us

މޫސުމީ ބަދަލާ އެއްކީލި ފަތުރުވެރިކަމުގެ އީޖާދީ ހިޔާލުތަކަށް ދެ ލައްކަ ޑޮލަރުގެ ހިލޭ އެހީ ބޭނުންތަ؟

މޫސުމީ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށް އެ ދާއިރާއަށް އަމާޒުކޮށް އުފެއްދުންތެރި އިޖާދީ، ޚިޔާލު ހުށަހަޅައިގެން ހިލޭ އެހީ ހޯދުމުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ޕްރޮޖެކްޓަށް ކަރުދާސް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ގިނަވެގެން ފަސް ފަރާތަކަށް، ކޮންމެ ފަރާތަކަށް 50،000 އާއި 200،000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް އެހީ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ޔޫ.އެސް.އެއިޑްއިން ކުރިއަށްގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުންނެވެ. މި ޕްރޮޖެކްޓަށް ކޮންސެޕްޓް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ވަނީ މި ހިނގާ އޯގަސްޓު މަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.

މި ފުރުޞަތު އަމާޒުކުރެވިފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އީޖާދީ އާ ހައްލުތަކެއް ހޯދައިދިނުމަށް ކަމަށް މި ޕްރޮޖެކްޓްގެ ކޯޑިނޭޓަރަކު ބުންޏެވެ. އޭގެ ތެރޭގައި، ޓެކްނޮލޮޖީއާއި ޚިދުމަތް ފޯރުކޮށްދީ ލިބިދިނުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރެވިދާނެ އާ ގޮތްތައް ވެސް ހިމެނޭ ކަމަށާއި މީގެ އިތުރުން މި ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމުގެ ފުރުސަތުވެސް ހިމެނޭ ކަމުގައި އޭނާ ބުންޏެވެ.

"ޔޫއެސް.އެއިޑްއިން ކުރިޔަށް ގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމާއެކު ދެމެހެއްޓެނިވި، ވިޔަފާރީގެ ގޮތުން ފުދުންތެރި އަދި "މާކެޓް-ޑްރިވަން" ހައްލުތަކެއް ހޯދައިދީ ތަރައްގީކޮށް، ފޯރުކޮށްދިނުމަށް ފަސްއަހަރު ދުވަހަށް ހިންގޭ ޕްރޮޖެކްޓެއް،" އޭނާ ބުންޏެވެ.

ހުށަހެޅިދާނެ އީޖާދީ ހައްލުތައް

  • "ކެޓަލިޓިކް ސީޑް ފަންޑިން" މެދުވެރިކޮށް އިންވެސްޓްމަންޓް އިތުރުކުރުމުގެ ފުރުސަތު ފަހިކުރުން
  • މޫސުމަށް އަންނަ ބަދަލުތަކަށް ނާޒުކު ސަރަހައްދުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް އެޑަޕްޓޭޝަން ޕްރޮޖެކްޓުތައް ހިންގުން
  • މޫސުމީ ހިރާސްތަކާ ބެހޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމާއި ފޯރުކޮށްދިނުން.

ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ކޮންސެޕްޓު ހުށަހެޅުމަށް ޔޫއެސްއެއިޑުން ބާރު އަޅައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ހަރަކާތްތެރިންނާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތަކަށްވެސް ކޮންސެޕްޓު ހުށަހެޅޭނެ ކަމަށް "ޔޫއެސް.އެއިޑްއިން ބުނެއެވެ.

މައުލޫމާތު ސާފުކުރުމަށާއި ކޮންސެޕްޓް ހުށަހެޅުމަށް [email protected]

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *